މިނިސްޓަރު މުއްތަލިބު އަދި އެފްޑީސީގެ އެމްޑީ --
21 Jul 2025 | 17:34
ރަނގަޅު އުސޫލެއް: މަހުގެ 10ގެ ކުރީންނަމަ ދައްކަން ޖެހޭނީ 7،000 ރުފިޔާ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ 4000 ހައުސިން ޔުނިޓަށް މަހުގެ 10ގެ ކުރީން ކުލި ދައްކާނަމަ 100 އިންސައްތަ ސަބްސިޑީ މަންފާ ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކޯޕަރޭޝަނުން ވަނީ ހައުސިން ޔުނިޓްތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތައް ސާފުކޮށްދީ ބަޔާނެެއް ނެރެފަ އެވެ.

މި ޔުނިޓްތަކުގެ ކުލީގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައި ވަނީ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 9,000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް 13,000 ރުފިޔާ އެވެ. ނަމަވެސް ސަބްސިޑީ ކަނޑައަޅާ ކުލި ވަނީ ކުޑަކޮށްފަ އެވެ. ސަރުކާރުން ދޭ ސަބްސިޑީއާ އެކު ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 7,000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް 9,000 ރުފިޔާ އަށް ވަނީ ކުޑަވެފަ އެވެ.

ސަބްސިޑީގެ މަންފާ ލިބޭނެ ގޮތް އެފްޑީސީން މި ބަޔާނުގައި ވަނީ ސާފުކޮށްދީފަ އެވެ. އެފްޑީސީ އިން ބުނީ މި ޔުނިޓްތައް ލިބޭ މީހުންނާއެކު ހަދާ އެއްބަސްވުންތަކަކީ ޝަރީއާގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތީން އެކުލަވާލެވޭ އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ މަހު ކުއްޔާއި މެއިންޓެނަންސް ފީ އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރީން ދައްކައިފިނަމަ އެ މީހަކަށް 100 އިންސައްތަ ސަބްސިޑީ މަންފާ ލިބޭނެ ކަމަށް އެފްޑީސީން ބުންޏެވެ. އަދި މަހުގެ 16 ގެ ކުރީން ކުލި ދައްކައިފިނަމަ 75 އިންސައްތަ ސަބްސިޑީ މަންފާ ލިބޭނެ އެވެ. މަހުގެ 21 ގެ ކުރީން ކުލި ދައްކައިފިނަމަ 50 އިންސައްތަ ސަބްސިޑީ މަންފާ ލިބޭނެ ކަމަށާ މަހުގެ 26 ގެ ކުރީން ކުލި ދައްކައިފިނަމަ 25 އިންސައްތަ ސަބްސިޑީ މަންފާ ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް މަހުގެ 26 ގެ ފަހުން ކުލި ދައްކާނަމަ ސަބްސިޑީ މަންފާ ނުލިބޭނެ އެވެ.

މި ޔުނިޓްގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހޭނީ ދެ ކޮޓަރިއަށް 15,000 އަދި ތިން ކޮޓަރިއަށް 25,000 ރުފިޔާ ކަމަށެވެ. މެއިންޓެނަންސް ފީގެ ގޮތުގައި ދެ ކޮޓަރިއަށް 1,000 އަދި ތިން ކޮޓަރިއަށް 1,500 އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ