މަންޓާގެ މުއައްޒަފުން ބޭއްވި ބައްދަލުވުމުގެ ތެރެއިން... ފޮޓޯ: އޭވިއޭޓާ މޯލްޑިވްސް
ހަބަރު
22 Jul 2025 | 08:13
އެންމެފަހުން މަންޓާ އެއާ މުއައްޒަފުންވެސް ހަޅުތާލަކާ ދިމާލަށްދަނީތަ؟

މަންޓާ އެއާލައިނުގެ މުއައްޒަފުންގެ މުސާރައިގެ އެއްބައި ރުފިޔާއިން ދޭ މައްސަލާގައި އެންމެފަހުން އެކުންފުނީގެ މުއައްޒަފުންވެސް ހަޅުތާލަކާ ދިމާލަށް ދިއުމުގެ ބިރުބޮޑުވެއްޖެއެވެ.

ރުފިޔާއިން މުސާރަދޭން ނިންމުމާ ގުޅިގެން މަންޓާގެ ބައެއް މުއައްޒަފުން ވަނީ ބައްދަލުވުމެއް ބާއްވާވައި އެކަމުގެ ކަންބޮޑުވުން  ފާޅުކޮށްފައެވެ. އެގޮތުން މިއީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެގެންދާ މި ދަނޑިވަޅުގައި މުސާރައިން ބައެއް އުނިކުރުންކަމަށް ބައްދަލުވުމުގައި ބައިވެރިވި ބައެއް މުއައްޒަފުން ވަނީ ފާހަގަކޮށްފައެވެ. މަންޓާގެ މުއައްޒަފުން ވަނީ އެމީހުންގެ ކަންބޮޑުވުން މެނޭޖްމަންޓާ ހިސާބަށް ގެންގޮސްފައެވެ.

މަންޓާއިން މުއައްޒަފުންގެ މުސާރައިގެ ބައެއް ރުފިޔާއިން ދޭގޮތަށް ނިންމީ، ޓޫރިޒަމް ސިނާއަތުގެ ކުންފުނިތަކުން ބޭންކަށް ޑޮލަރު މާރުކުރުމަށް ހަމަޖެއްސި އައު އުސޫލާ ގުޅިގެން ކުންފުންޏަށް އުނދަގޫތަކެއް ހުރިކަމަށް ބުނެއެވެ.

މަންޓާ އެއާލައިނުގެ މުއައްޒަފުން މުސާރައިގެ ކަންތަކުގައި ބައްދަލުވުމެއް ބާއްވާފައިވާއިރު، ޓީއެމްއޭގައި މަސައްކަތްކުރާ ބައެއް މުއައްޒަފުްނވެސް ވަނީ މުސާރަ ރުފިޔާއިން ދޭ މައްސަލާގައި ބައްދަލުވުމެއް ބާއްވައި އިހުތިޖާޖުކުރުމަށް ނިންމާފައެވެ. އެގޮތުން ޓީއެމްއޭގެ އެ މުއައްޒަފުން ނިންމީ ޖުލައި 26 ގައި މަސައްކަތަށް ނުނިކުންނަ ގޮތަށެވެ. އެކަމާ ގުޅިގެން ޓީއެމްއޭއިން ވަނީ މުސާރައިގެ މައްސަލާގައި ކުރިން ނިންމި ނިންމުން އަނބުރާގެންގޮސް ޑޮލަރުން މުސާރަދޭގޮތަށް ނިންމާފައެވެ.

ޓީއެމްއޭގެ މުއައްޒަފުން ހަޅުތާލަށް ނިކުތުމަށް ނިންމުމާ ގުޅިގެން ދިވެހި ޓްރެވަލް އޭޖެންޓުންގެ ޖަމިއްޔާ މަޓާޓޯއިން ވަނީ އެއީ ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން މަޓާޓޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓްރާންސް މޯލްޑިވްސް އެއަރވޭސްގެ މުވައްޒަފުން އިހުތިޖާޖަށް ނުކުތުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަގު ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއްކަމަށެވެ. މަޓާޓޯއިން ބުނެފައިވަނީ ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް އުފުލަމުން ދަނީ ޓީއެމްއޭގެ ސީޕްލޭންތަކުގައި ކަމަށާއި، ޕައިލެޓުން ދަތުރުކުރުން ހުއްޓާލާ އިހުތިޖާޖަށް ނިކުމެއްޖެ ނަމަ އެކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.