އައްޑޫ ސިޓީ މީދޫ އިން ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުން: ފޮޓޯ/ ދިވެހި ފުލުހުންގެ ޚިދުމަތް---
ހަބަރު
22 Jul 2025 | 14:53
ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވި ދެމީހަކު ހައްޔަރުކޮށްފި

ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭތީ އައްޑޫސިޓީ މީދޫ އިން ދެމީހަކު ހައްޔަރުކޮށްފި އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އައްޑޫސިޓީ މީދޫގައި ''ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ'' ގެ ނަމުގައި ހިންގަމުންދާ ތަނެއްގައި ހަށިވިއްކާމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / އާބާދީމަންޒިލް، ނަވާލް ޙުސައިން (25އ) އާއި ޔޮންލައްޑާ ސުކްސުވަންގް، ތައިލޭންޑް (36އ) އެވެ.

މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މި ދެމީހުން ވެސް 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.