ވަޒީރު އާދަމް ނަޞީރު އިބްރާހީމް--- ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Jul 2025 | 10:34
މިނިވަންކަމަކީ ޤުރުބާނީތަކެއް ވެގެން އަމިއްލައަށް ހޯދާ އެއްޗެއް: އާދަމް ނަސީރު

މިނިވަންކަމަކީ ކޮންމެ ބަޔަކު ވެސް ބޮޑެތި ޤުރުބާނީތަކެއް ވެގެން އަމިއްލައަށް ހޯދާ އެއްޗެއްކަމަށް ދިވެހި ބަހާއި ތަރިކައާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ވަޒީރު އާދަމް ނަޞީރު މި ބީދައިން ވިދާޅުވެފައިވަނީ މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިނިވަންކަމަކީ އެއްވެސް ބަޔަކު އަނެއް ބަޔަކަށް ދޭ އެއްޗެއް ނޫން ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިނިވަން ކަމަކީ ކޮންމެ ބަޔަކު ވެސް އެ ބަޔަކު އަމިއްލައަށް ޤުރުބާނީތަކެއް ވެގެން، މިންނެތް ތަކެއް ކޮށްގެން، ވިސްނުންތަކެއް ވިސްނައިގެން އަދި ވިސްނުންތައް ހަގީގަތަކަށް ހެދުމަށް ދުރު ރާސްތާ މަސައްކަތްތަކެއް ކޮށްގެން އަމިއްލަ އަށް ހޯދާ އެއްޗެއް ކަމަށެވެ.

އަދި ހަމައެހެންމެ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހި ރައްޔިތުން އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމި ތިބުމުގެ މުހިއްމުކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެއްބައިވަންތަކަމަކީ މިނިވަންކަން ދިފާއުކޮށް ދެމެހެއްޓުމުގެ އެންމެ މުހިންމު އެއް އަސާސްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

1887 އިން ފެށިގެން 1965 އަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ދިވެހީން ތަޖުރިބާ ކުރި ދުވަސްތަކަކީ ދިވެހި ޤައުމުގެ މިނިވަންކަމަށް ހިޔަނި އެޅުނު ދުވަސްތަކެއްކަން ފާހަގަކުރައްވާ، އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ޤައުމު މިނިވަންކުރުމަށް ކުރި މަސައްކަތްތައް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އަޅުގަނޑުމެން ހަނދާނުގަ ބަހައްޓަންޖެހޭ 60 އަހަރަކީ ވަރަށް ކުރު މުއްދަތެއް. ހަގީގަތުގަ ދިވެހި ދަޢުލަތަކީ އުފެދުނީއްސުރެ އެ ދަޢުލަތުގެ މިނިވަންކަން ދިވެހިން ކަށަވަރު ކުރަމުން އައި ދަޢުލަތެއް.

ވަޒީރު އާދަމް ނަޞީރު ވިދާޅުވި އެވެ.

އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބިގެން ދިޔައީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. އެގޮތުން މިނިވަން ކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އޭރުގެ ބޮޑުވަޒީރު، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މަރްޙޫމް އިބްރާހީމް ނާޞިރު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.