އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި ނިއުޒީލެންޑްގެ ޕްރައިމިނިސްޓަރ.. ފޮޓޯ: އޭޝިއާ ނިއުސްވީކް
ދުނިޔެ
29 Jul 2025 | 10:25
އިންޑިއާ-ނިއުޒިލޭންޑް އެފް.ޓީ.އޭ މަޝްވަރާތަކުގެ ދެވަނަ ބުރު ނިންމާލައިފި

އިންޑިއާއާއި ނިއުޒިލެންޑާއި ދެމެދު ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކުގެ ދެވަނަ ބުރު ނިންމާލައިފިއެވެ.

މިއެއްބަސްވުމާ ގުޅޭ މަޝްވަރާތަކުގެ ދެވަނަ ބުރު ކުރިއަށް ދިޔައީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި، މިމަހުގެ 14 އިން 25 އަށެވެ. ދެވަނަ ބުރުގެ މަޝްވަރާތަކުގައި މުދަލާއި ޚިދުމަތުގެ އިތުރުން އިންވެސްޓްމަންޓާއި ވިޔަފާރިއަށް މަގުފަހުކުރުމާއި ބެހޭ މަޝްވަރާތައް ކުރިއަށް ދިޔަކަމަށް އިންޑިއާގެ ކޮމާރސް މިނިސްޓްރީއާއި ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓްކުރިއެވެ.

އެފް.ޓީ.އޭގެ މަޝްވަރާތަކުގެ ތިންވަނަ ބުރު އޮންނާނީ ނިއުޒިލެންޑްގެ ވެރިރަށް ވެލިންޓަންގައެވެ. އޭގެ ކުރިން މަޝްވަރާތަކުގެ ތައްޔާރީތައް ވަރޗުއަލްކޮށް ކުރިއަށްދާނެކަމަށް މައުލޫމާތު ލިބެއެވެ.

ނިއުޒިލެންޑާއެކު އިންޑިއާއިން ގާއިމްކުރާ އެފް.ޓީ.އޭގެ މަޝްވަރާތަކުގެ ދެވަނަ ބުރު ނިންމާލިއިރު، އިންޑިއާއިން އިނގިރޭސިވިލާތާއެކު މިދިޔަ ހަފްތާގައި ވަނީ އެފް.ޓީ.އޭ ގައި ސޮއިކޮށްފައެވެ. އަދި އެމެރިކާއާއި ވިލާތުގެ އިއްތިހާދާއެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމްކުރުމަށް އިންޑިއާއިން ދަނީ މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ