ކަޝްމީރު އިންޑިއާ ސަރަހައްދުގައި ސިފައިންގެ ބަޔަކު.. ފޮޓޯ: އޭއެންއައި
ދުނިޔެ
29 Jul 2025 | 15:55
ކަޝްމީރު ހަމަލާގެ 'މާސްޓަރ މައިންޑް' މަރާލައިފި

މިދިޔަ އެޕްރީލް މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިންދޫ ފަތުރުވެރިންނަށް އަމާޒުކޮށްގެން ދިން ހަމަލާގެ ފަހަތުގައިވާ މާސްޓަރމައިންޑް މަރާލައިފިކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

އޮޕަރޭޝަން މަހާދޭވްގެ ނަމުގައި ހިންގި މި އޮޕަރޭޝަންގައި ހަނގުރާމަވެރިންގެ 3 މީހުން މަރާލެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ޕަހަލްގަމްގައި ދިން ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު މީހާ ހިމެނޭކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ހާޝިމް މޫސާ ކިޔާ މިމީހާއަކީ ލަޝްކަރޭ ތައިބާގެ ކޮމާންޑަރެކެވެ.

ޖާސޫސީ މައުލޫމާތަށް ބިނާކޮށް މި އޮޕަރޭޝަން ހިންގީ އިންޑިއާ އާމީއާއި، ޖައްމު ކަޝްމީރުގެ ފުލުހުންނާއި ސެންޓްރަލް ރިޒަރވް ޕޮލިސް ފޯސް ގުޅިގެންނެވެ. އަދި އޮޕަރޭޝަނުގެ ތައްޔާރީތަކަށް ދެ ހަފްތާއެއްހާ ދުވަސް ނެގިކަމަށްވެއެވެ. އެމީޙުން ޓްރެކްކުރަން ފެށީ ސެޓެލައިޓް ފޯނެއްގެ ސިގްނަލް އެސަރަހައްދުން ލިބިގެން، އެއަށް ފާރަލަމުން ގޮހެވެ. ހަނގުރާމަވެރިން ގެންގުޅުނު މިފޯނަކީ ޗައިނާގެ އުފެއްދުމެއްކަމަށް އިންޑިއާގެ ސަލާމަތީ މަސްދަރުތަކާއި ހަވާލާދީ އިންޑިއާ ޓުޑޭއިން ބުންޏެވެ.

ހަނގުރާމަވެރިންގެ 3 މީހުންވެސް މަރާލާފައިވަނީ ޖަންގަލި ތެރޭގައި ހުރި ގަހެއްގެ ދަށުގައި ޓެންޓް ޖަހައިގެން ނިދާފައި ތިއްބާ ހަމަލާ ދީގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ