ދައުލަތުގެ ޓެކްސް އިދަރާ.. ފޮޓޯ؛ މީރާ
ހަބަރު
02 Aug 2025 | 13:20
މީރާއިން އިލެކްޓްރޯނިކް އިންވޮއިސް ސިސްޓަމެއް ތައާރަފް ކުރުމަށް މަސައްކަތްކުރަނީ

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން، އިލެކްޓްރޯނިކް އިންވޮއިސް ސިސްޓަމެއް ތައާރަފްކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެ އިދާރާއިން ބުނެފިއެވެ.

މީރާގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ދެއްވި ޚިޠާބެއްގައި ވިދާޅުވީ، ދައުލަތުގެ ޓެކްސް އިދާރާގެ ހިދުމަތްތައް ޒަމާނާ އެއްގޮތަށް ދިނުމަށް ދިނުމަކީ އެ އިދާރާއިން އެންމެ އިސްކަންދޭ އެއް ކަންތައްކަމަށެވެ. އެގޮތުން ޓެކްނޮލޮޖީގެ އެހީގައި މީރާގެ މަސައްކަތްތައް ހަލުއިކޮށް ހަރުދަާކުރުމާއި. މީރާގެ ހިދުމަތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން އެއިދާރާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕެއް އެކުލަވާލައި އޭގައިވާ ކަންކަން ހާސިލްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ޔަޒީދް ވިދާޅުވީ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައި ބޭނުންކުރާފަދަ އިލެކްޓްރޯނިކް އިންވޮއިސިން ސިސްޓަމެއް ރާއްޖެއަށް ތައާރަފްކޮށް، ޓެކްސް ދައްކާ ފަރާތްތަކާ މީރާގެ ސިސްޓަމްތައް ގުޅުވާލައި ތެކުހާ ގުލޭ އިންތިޒާމްތައް އަދާކުރުން އިތުރަށް ފަސޭހަ ކުރުމަކީ އެ ރޯޑްމެޕްގައި ހިމެނޭ މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ. 

މި ހިތާބުގައި ކޮމިޝަނަރ ޖެނެރަލް ވިދާޅުވެފައިވަނީސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގޮތުންވެސް ޓެކުހުގެ ދާއިރާގައި މީރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ އޭޖެންސީތަކުގައި މީރާއިން އިސް ދައުރެއް އަދާކުރަމުންދާކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ދަނީ ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސްގެ އޭޝިއާ ބައްރުގެ ރީޖަނަލް ޑައިރެކްޓަރގެ މަގާމް މި ދައުރުގައި އަދާކުރަމުން. މީގެ އިތުރުން އޯއައިސީޑީގެ ގްލޯބަލް ފޯރަމް އޮން ޓެކްސް ޓްރާންސްޕޭރަންސީ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން ފޯ ޓެކްސް ޕާރޕަސަސްގެ ދަށުން ހިންގަމުންދާ އޭޝިއާ އިނީޝިއޭޓިވް ގެ ކޯ ޗެއާގެ ދައުރުވެސް މީރާއިން ދަނީ އަދާކުރަމުން

ޒަރީރު ވިދާޅުވިއެވެ

ދައުލަތުގެ ޓެކްސް އިދާރާގެ ނަމުގައި މީރާ އުފެދުނީ 2010 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 2 ވަނަ ދުވަހުއެވެ. އެރު މީރާގައި 40 މުއައްޒަފުން ތިބިިނަމަވެސް މިހާރު އެ އިދާރާގައި 300 އަށްވުރެ ގިނަ މުއައްޒަފުން އެބަތިއްބެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީރާއިން ވަނީ 18 އޮފީސް ގާއިމްކޮށް ޓެކުހާ ގުޅޭ ހިދުމަތްތައް ދެމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.