ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާ
ހަބަރު
04 Aug 2025 | 13:04
ޝުޖާއަށް ތުހުމަތުވާ މައްސަލަތައް ނިމުނު އަހަަރުން ފެށިގެން އޭސީސިން އަންނަނީ ބަލަމުން: އޭސީސީ

ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގުރެސް ޕާޓީގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއަށް ތުހުމަތުވާ މައްސަލަ ފާއިތުވި އަހަރުން ފެށިގެން ބަލަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ. 

ޝުޖާއަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައީސްކަމުގެ ހުަވައިކުރެއްވި ރަސްމިއްޔާތުގެ ކަންކަން އިންތިޒާމުކުރުމަށް ސިވެކްއަށް ދޫކުރި ފައިސާގެ ތެރެއިން ޝުޖާގެ މަސްލަހަތު އޮންނަ ކުންފުނިތަކަކަށް ގިނަ ފައިސާތަކެއް ދިންކަމަށް ބުނެ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމުގައި ބުނާ ލިޔުމެއް ސޯޝަލް މީޑިޔާގައި އާއްމުވުމާ ގުޅިގެންނެވެ. 

މި ރިޕޯޓާ ގުޅިގެން "ވޮއިސް"އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އެ ކޮމިޝަނުގެ ސަމާލުކަމަށް އެ ރިޕޯޓު އައުމާއެކު ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ފާއިތުވި އަހަރުގެ ފަހުކޮޅުން ފަށަައިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. 

އިއްޔެ ފުލުހުންވެސްވަނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވަނިކޮށް، މާލިއްޔަތު ކޮމިޓީން މިއަދު ޝުޖާއު ވަކިކޮށް ވަނީ ތަރިކައާ ބެހޭ ކޮމިޓީއަށް ބަދަލުކޮށްފައެވެ. 

މި މައްސަލައާ ބެހޭގޮތުން ޝުޖާއު ވަނީ އޭނާގެ މަސްލަހަތު ހިމެނޭ ކުންފުންޏަކުން އުސޫލާ ހިލާފަށް ކަންކަން ކޮށްފައިނުވާނޭކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.