ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
04 Aug 2025 | 13:42
ފިލިޕީންސްގެ ރައީސް އިންޑިއާއަށް

ފުރަމާނަ ދަތުރުފުޅެއްގައި ފިލިޕީންސްގެ ރައީސް އިންޑިއާއަށް ވަޑައިގެންފިއެވެ.

މިއީ ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއިއެކު ބާއްވަވާ ރަސްމީ މަޝްވަރާތަކުގެ އިތުރުން، މާކޯސް އިންޑިއާގެ ރައީސް ޑްރޮޕަޑީ މުރްމޫ އާއިއެކު ރަޝްތްރަޕަތީ ބަވަންގައި ބައްދަލު ކުރައްވާނެއެވެ.

މާކޯސްގެ އަރިހުގައި އަނބިކަނބަލުން ލުއީސް އަރަނޭތާ މާކޯސްއާއި ފިލިޕީންސްގެ ބައެއް ވަޒީރުންނާއި ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ދިއްލީގެ އިތުރުން މާކޯސް ބެންގަލޫރަށްވެސް ޒިޔާރަތްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާއިން ފުރާވަޑައިގަންނަވާނީ މިމަހުގެ 8 ވަނަ ދުވަހުކަމަށް އިންޑިއާގެ ޚާރިޖިއްޔާއިން މައުލޫމާތުދެއެވެ.

އިންޑިއާ އާއި ފިލިޕީންސްގެ ޑިޕްލޮމެޓިކް ގުޅުމަށް 75 އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް، ފިލިޕީންސްގެ ރައީސް މާކޯސް އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާއިރު، މި ދެޤައުމުން ގެންދަނީ ވަކިވަކިން އެކި ދާއިރާތަކުން ޗައިނާއާއި ވާދަ ކުރަމުންނެވެ. ދެކުނު ޗައިނާ ކަނޑުގައި ފިލިޕީންސްއާއި ޗައިނާ ކޮންމެ ދުވަހަކުހެން އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލަމުންދާއިރު، ސަރަހައްދީ ބާރުވެރިކަން ހޯދުމަށާއި، އިންޑިއާ ކަނޑަށް އަތް ގަދަކުރުމަށް އިންޑިއާއާއި ޗައިނާއިންވެސް ދަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ