އެސްޓީއޯ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފެށުން -- ފޮޓޯ: އެސްޓީއޯ
ހަބަރު
08 Aug 2025 | 22:16
އެސްޓީއޯ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފި

އެސްޓީއޯގެ "ބެކް ޓު ސްކޫލް ޕްރޮމޯޝަން" ބުދަ ދުވަހު ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ގައެވެ.

މި ޕްރޮމޯޝަންގެ ދަށުން ސްކޫލް ކުދިންގެ އިންޓަވަލަށް ބޭނުން ކުރެވޭނެ ގިނަޕްރޮޑަކްޓްތަކެއް ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ އެވެ.

އެސްޓީއޯ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފެށުން -- ފޮޓޯ: އެސްޓީއޯ

އެގޮތުން، އާއްމުންނާއި ކުޑަކުދިންގެ ތެރޭގައި މަޝްހޫރު ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގަރ ބްރޭންޑްގެ ހުރިހާ އުފެއްދުމެއް ވެސް ލިބެން ހުންނާނެ އެވެ. ޑެވޮންޑޭލް އަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ހަށިގަނޑަށް ފައިދާ ހުރި ބްރޭންޑެކެވެ.

މީގެއިތުރުން، ކުއިކްބެރީ އަދި ނަބާޓި ބެރޭންޑުގެ އެކި ރަހަތަކުގެ ބިސްކޯދު ފަދަ ކުޑަކުދިން ގަޔާވާ ޕްރޮޑަކްޓް ތަކެއް ލިބެން ހުންނާނެއެވެ. ކުއިކްބެރީ ބެރޭންޑުގެ "ޝުގަރ ފްރީ" ބިސްކޯދަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ކަމުދާނެ ގޮތަށް ތައްޔާރު ކޮށްފައިވާ އުފެއްދުމެކެވެ.

އެސްޓީއޯ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފެށުން -- ފޮޓޯ: އެސްޓީއޯ

މި ޕްރޮމޯޝަންގެ ދަށުން، މި ބްރޭންޑް ތަކުން 100 ރުފިޔާއަށް ވުރެ ގިނައިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. ކޫޕަންގެ ގުރުއަތު ނެގުން އޮންނާނީ ޕްރޮމޯޝަން ނިމުމަށް ފަހުގައެވެ.

އެސްޓީއޯ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފެށުން -- ފޮޓޯ: އެސްޓީއޯ

ގުރުއަތުން ހޮވޭ ވަރަށް ހާއްސަ 3 ފަރާތަކަށް، ކުޑަކުދިންގެ ތެރޭގައި މަގުބޫލު "ޕީކަބޫ" ފިހާރައިގެ އަގުހުރި 3 ގިފްޓް ވައުޗާ ލިބިގެން ދާނެއެވެ. އެގޮތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 5000ރ، 2 ވަނައަށް ހޮވޭ ފަރާތަކަށް 2500ރ އަދި 3 ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 1500ރ ގެ ވައުޗަރެއް ލިބިގެންދާނެއެވެ.

އެސްޓީއޯ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފެށުން -- ފޮޓޯ: އެސްޓީއޯ

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން އިންޓަވަލް ފުޅި ފަދަ ސްކޫލް ކުދިންނަށް ބޭނުންވާ މުހިއްމު ގިނަ ސާމާނަކުން ބޮޑު ޑިސްކައުންޓްތަކެއްވެސް ލިބިގެންދާނެއެވެ.

އަދި 2 ޕްރޮޑަކްޓެއް ގަތުމުން ހިލޭ އެކަތި ލިބުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަންގެ އެންމެ ފަހު ތާރީޚަކީ 7 ސެޕްޓެމްބަރ 2025 އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ނޭޕާލް ދެމީހުން 3 ދުވަހަށް ބަންދުކޮށްފި
ދިރުވާލައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ނޭޕާލްގެ ދެ ރައްޔިތަކު ހައްޔަރުކޮށް ތިން ދުވަހަށް ބަންދުކޮށްފިއެވެ
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.