05 Jun 2019 | 14:03
ކޯޓުގައި ހުންނަވާ އިއްޒަތްތެރި މެންބަރު!

މަޖިލިސް19 އެންމެފަހުން ފެށިއްޖެއެވެ. އެމްޑީޕީގެ އެޖެންޑާ19 ތަންފީޒުކުރުމާއި އެޕާޓީން އިސްވެ އޮވެ އުފެއްދި ސަރުކާރު ޒިންމާދާރުކުރުވާނެ މަޖިލީހެވެ. މި މަޖިލީހުގެ ދެތިން ޖަލްސާ މިހާތަނަށް ވަނީ ބޭއްވިފައެވެ. އެ ޖަލްސާތައްވެސް ފެނުނީ ގިނަ ކަންކަމާއި މެދު ވާހަކަދެކެވި، ނަތީޖާތަކެއް ނެރެން މަސައްކަތް ކުރެވުނު މަޖިލީހެއްގެ ގޮތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ބަލާ ފަރާތްތަކަށް ފާހަގަކުރެވޭނެ ވަރަށް މުހިންމު ނުކުތާއެއް ފާހަގަކޮށްލާނަމެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ތުރުކުރައްވާ ހެދުންކޮޅެވެ. ހުރިހާ މެންބަރުންވެސް ތިއްބަވާނީ ގަމީސް ތުރުކުރައްވައި، ޓައި އަޅުއްވައި އަދި ދަށަށް ޖައްސަވައިގެންނެވެ. މިއަށްވުރެ އިތުރުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ކޯޓުކޮޅެއް ތުރުކުރައްވާނެއެވެ.

މިއުސޫލުން މި ހިނގަމުންދާ މަޖިލިސް19ގެ ރައީސް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ރައީސް މުހައްމަދު ނަޝީދުވެސް ރިޔާސަތުގައި އިންނަވަނީ ކޯޓު ފަޓުލޫނުގައެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި އެމަނިކުފާނުގެ އިތުރުން އެހެން އިއްޒަތްތެރި މެންބަރަކުވެސް ކޯޓުކޮޅު ތުރުކުރައްވައިގެން އިންނަވައެވެ. އެއީ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އަބްދުﷲ ޖާބިރެވެ.

ޖާބިރު ކޯޓުކޮޅުގައި މަޖިލީހަށް ވަޑައިގަންނަވަނީ ކީއްވެތޯ ގިނަބަޔަކު ދަނީ ސުވާލުއުފައްދަމުންނެވެ. އެބޭފުޅާ އަކީ އަބަދުވެސް ތަފާތު ކަންކަން ކުރައްވާ ފަރާތެކެވެ. އެހެންކަމުން ފަހަރުގައި އެއީ ބާާރުހުރި މެންބަރެއްކަން ދައްކާލުމުގެ ނިޔަތުގައި ކުރިކަމަކަށް ވެދާނެއެވެ.

ގިނަބަޔަކަށް ކާށިދޫ ދާއިރާގެ މެންބަރު ފާހަގަކުރެވިފައިވަނީ މި މަޖިލީހުގެ އެންމެ އާދަޔާ ޚިލާފު މެންބަރުގެ ގޮތުގައެވެ. ޖާބިރު ވަނީ ދާދިފަހުން މެންބަރެއްގެ ބޮލަށް ފަރުވާ ހޯދުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށްވެސް ރިޔާސަތުގައި އެދިފައެވެ. އެހެންކަމުން ކޯޓުލާ ހަމައެކަނި މެންބަރަށް ވުމަކީވެސް ޖާބިރުގެ ހަަމަ މިފަދަ އާދަޔާ ޚިލާފުކަމަކަށް ވެދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Sep 2026
ހަތަރު ރަށެއްގެ ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
މި އެއްބަސްވުންތަކުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު ކަމަށެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.
01 Sep 2026
މިފްކޯގެ ޗެއާމަނަކަށް ފާއިޒް އައްޔަނުކޮށްފި
ފާއިޒަކީ މީގެ ކުރިން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
01 Sep 2026
އެމްއެންޔޫގެ 53 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ 53 ވަނަ އަހަރީ ދުވަސް، އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަމާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތަކާއި ހަރަކާތްތަކާ އެކު ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
01 Sep 2026
އެމްއެންޔޫ އާއި ސިނެކް ކެމްޕަހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ސްރީލަންކާގެ ސިނެކް ކެމްޕަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު މެރިޓައިމް ދާއިރާއިން ތަޢުލީމާއި ތަމްރީނު އަދި ދިރާސާތައް ކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
01 Sep 2026
ބުޅާތަކަށް ޚާއްޞަ ރަށެއް ތަރައްޤީކުރަނީ
ބުޅާ ގެންގުޅުމަށް ވަކި ރަށެއް ތަރައްޤީކުރުމުގެ މަޝްރޫޢަށް ޝައުގުވެރިކަން ފާޅުކޮށް ބައިނަލްއަޤުވާމީ ފަރާތެއް ހިމެނޭ ގޮތަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
01 Sep 2026
ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި މަންމަގެ ބައިވެރިވުން އޮތްތޯ ބަލަނީ
ސައުތު ސެންޓްރަލް ޕޮލިސްގެ ސަރަހައްދެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ރެކޯޑުކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ ބައްޕައިގެ އިތުރުން ކުއްޖާގެ މަންމަގެ ބައިވެރިވުން ވެސް އެ ކުށުގައި އޮތްތޯ ތަޙުޤީޤުގެ ތެރެއިން ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
01 Sep 2026
ކުޑަކުއްޖަކަށް ދުއްވަން އުޅަނދު ދީފި ނަމަ 50،000 ރުފިޔާގެ ޖޫރިމަނާއެއް
އެއްގަމު އުޅަނދު ދުއްވަމުންދާއިރު އުޅަނދުގެ ކޮންޓްރޯލް ކުޑަކުއްޖަކާ ނުވަތަ ލައިސަންސް ނެތް މީހަކާ ހަވާލުކޮށްފި ނަމަ ބޮޑެތި އަދަބުތަކެއް ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ތަސްދީޤު ކުރައްވައިފިއެވެ.
01 Sep 2026
ވަޒީރު އަމީންގެ ދަރިކަލުން ދާނިޝް އެސްޓީއޯގެ ބޯޑުން އިސްތިއުފާ ދެއްވައިފި
ދާނިޝް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ އޭނާގެ އަމިއްލަ ވިޔަފާރީގެ ބޭނުމަށް ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް ހުންނަވަން ޖެހިވަޑައިގަތުމެވެ.