މާލެ
ހަބަރު
09 Aug 2025 | 09:34
މުޅި މާލެ އަދި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

މުޅި މާލެ އަދި ހުޅުމާލެއިންވެސް ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އެގޮތުން ކަރަންޓް އަލުން ދިނުމަށް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

މާލެއާ ހުޅުމާލެއިން ކަރަންޓް ކެނޑިފައިވާއިރު، މިދިޔަ ޖޫންމަހުގެ އެއްވަނަ ދުވަހުވެސް މުޅި މާލެ އަދި ހުޅުމާލެއިން ވަނީ ކަރަންޓް ކަނޑައިގެންގޮސްފައެވެ. އެފަހަރު ހުރިހާ ސަރަހައްދަކަށް ކަރަންޓްދީ ނިމުނީ ހަވީރުވި ފަހުންނެވެ. އެދުވަހު ކަރަންޓް ކެނޑުމުން ސްކޫލްތަކުގެ ކިޔެވުންވެސް މެދުކަނޑާލިއެވެ.

އިތުރު ތަފްސީލް އަންނަނީ..

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jun 2026
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 19.1 ބިލިއަން ރުފިޔާ
ފިނޭންސުން ބުނީ ތަފާސްހިސާބުތަކުން ދައްކާގޮތުން ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީއާއެކު ދައުލަތުގެ މާލީ ދުޅަހެޔޮކަން އިތުރުވަމުންދާ ކަމެވެ
16 Jun 2026
ހިިޖުރީ އާއަހަރުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި
ރައީސްގެ މެސެޖްގައި ވިދާޅުވީ، މިއީ މުޅި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އޯގާތެރިކަން އިސްކޮށް، އަމިއްލަ އެދުމެއްނެތި، އިޚްލާޞްތެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިވެ އުޅުމުގެ ރޫޙު އާލާކުރަންވީ ވަގުތު ކަމަށެވެ
16 Jun 2026
ނިއުޒިލެންޑާ ކުޅެ އެއްވަރުވި ނަމަވެސް، އީރާން ޓީމްގެ ފަރާތުން ފެނުނީ ތަފާތު ރޫހެއް
މި މެޗަކީ މި މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ މެޗްކަން ފާހަގަކޮށްލެވެއެވެ
16 Jun 2026
އެމެރިކާގެ އަސްކަރީ ބޯޓު ވެއްޓި އެންމެން މަރުވެއްޖެ
އެމެރިކާގެ ވައިގެ ސިފައިންގެ ބީ-52 ސްޓްރެޓޯފޯޓްރެސް ބޮންއަޅާ ބޯޓެއް ކެލިފޯނިއާގެ އެޑްވާޑްސް ވައިގެ މަރުކަޒުން ނައްޓާލިތާ ކުޑައިރުކޮޅެއް ފަހުން ވެއްޓި ބޯޓުގައި ތިބި އަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
16 Jun 2026
ސައުދީ އުރުގުއޭ މެޗް އެއްވަރު، ހުރިހާ ތައުރީފެއް ސައުދީގެ ކީޕަރަށް
މެޗްގައި ތަރިއަކަށް ވެގެންދިޔައީ ސައުދީގެ ގޯލް ކީޕަރު މުހައްމަދު އަލް-އުވައިސް އެވެ. މިމެޗްގައި އޭނާ ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ
16 Jun 2026
ކޭޕް ވާޑޭގެ ކީޕަރުގެ އިސްޓަގްރާމް ފޮލޯވަރުން 45،000 އިން 5 މިލިއަނަށް
ވޯލްޑް ކަޕްގައި ސްޕެއިންއާ ދެކޮޅަށް ކޭޕް ވާޑޭން ރޭ ކުޅުނު ފޯރިގަދަ މެޗަށްފަހު، އެ ގައުމުގެ ތަޖުރިބާކާރު ކީޕަރު ވޮޒީނިއާ އަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބި، އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.
16 Jun 2026
މޮޅުވާން ލިބުނު ފުރުސަތު މިސްރުން ނަގާލައިފި
މިމެޗުން މިސްރު މޮޅުވިނަމަ، އެޓީމަށް ވޯލްޑް ކަޕްގައި މޮޅެއް ނުލިބި ހޭދަވި 92 އަހަރުގެ އިންތިޒާރަށް ނިމުމެއް ގެނެވުނީހެވެ
16 Jun 2026
ވޯލްޑް ކަޕަށް އެމެރިކާއަށް ނުވެއްދި ސޮމާލީ ރެފްރީގެ މުސާރަ އެއްކޮށް ދެނީ
ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު ސޮމާލީ ރެފްރީ އޮމަރް އަރްތާންއަށް މުބާރާތުގެ މުސާރަ އެއްކޮށް ދޭނެ ކަމަށް ފީފާއިން ބުނެފިއެވެ.