މިފްކޯގެ މަސްދަޅު އުފައްދާ ކާރުހާނާ... ފޮޓޯ: މިފްކޯ
ހަބަރު
09 Aug 2025 | 13:40
ދިވެހިންގެ މަސްކުންފުނި މިފްކޯގެ ދަރަނި، 1 ބިލިއަން ރުފިޔާއަށްވުރެ މަތީގައި

ދިވެހިންގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ދަރަނި, މިދިޔަ އަހަރު ނިމުނުއިރު، އެއް ބިލިއަން ރުފިޔާ އަށް ވުރެ އިތުރުވެފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ މިފްކޯގެ 2024 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، މިދިޔަ އަހަރު އެކުންފުނީގެ ދަރަނި 1.03 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށާއި، ކުންފުނި މިހާރު އޮތީ މާލީގޮތުން ނުރައްކާތެރި ހާލަތެއްގައިކަމަށެވެ. މިފްކޯގެ އޮޑިޓް ހިސާބުތަކުން ދައްކާގޮތުގައި އެކުންފުންޏަށް އަހަރެއްގެ ތެރޭގައި އެކަށީގެންވާ އާމްދަނީއެއް ލިބުނުނަމަވެސް، ހިންގުމުގެ ހަރަދާއި ވިޔަފާރީގެ މުއާމަލާތްތައް ހުންނަގޮތުން ވިޔަފާރިން ލިބެންޖެހޭ ފައިދާއެއް ނުލިބެއެވެ.

އެގޮތުން 2024 ވަނަ އަހަރު މިފްކޯއަށް އާމްދަނީގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުނަމަވެސް މުދާ ވިއްކުމަށް ކުރި ހަރަދާއި އިދާރީ ހަރަދުތަކާއި އެނޫންވެސް ހަރަދުތައް ބޮޑުވުމުން އެއަހަރު އެކުންފުންޏަށް ވަނީ 165 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ގަނޑުކުރިމަސް ބޭރުކޮށްގެން 693.3 މިލިއަން ރުފިޔާ ލިބުނުއިރު، ފަސްމީރު ބްރޭންޑްގެ އުފެއްދުންތައް ވިއްކައިގެން 357.5 މިލިއަން ރުފިޔާ ލިބުނެވެ. މީގެ ތެރެއިން މަސްދަޅު ވިއްކައިގެން 105.8 މިލިއަން ރުފިޔާ ލިބުނުއިރު، އައިސް ވިއްކައިގެން 7.7 މިލިއަން ރުފިޔާ ލިބުނެވެ. އަދި މަހުގެ އެކި ބާވަތްތަކުގެ އުފެއްދުންތައް ވިއްކައިގެން 26.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިފްކޯއަށް މިދިޔަ އަހަރު މުދާ ވިއްކުމަށް 945 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވާއިރު، އިދާރީ ހަރަދުގެ ގޮތުގައި 245 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަވެފައެވެ. ސަރުކާރުން މިދިޔަ އަހަރުވެސް މިފްކޯއަށް ސަބްސިޑީގެ ގޮތުގައި 389 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

މިދިޔަ އަހަރު ނިމުނުއިރު މިފްކޯއިން އެހެން ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ އަދަދު 1 ބިލިއަން ރުފިޔާއަށްވުރެ މަތީގައި ހުރިއިރު، އެންމެބޮޑު އަދަދެއް ދޭންޖެހެނީ އެފްއެސްއެމްއަށެވެ. މިފްކޯއިން އެފްއެސްއެމަޝް 492 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭންޖެހޭއިރު، ފިނޭންސަށް 113 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭންޖެހޭކަމަށް ހިސާބުތަކުން ދައްކައެވެ. މިފްކޯއަށް ވީ ގެއްލުންތަކާއި، އަދި އެކުންފުނިން އެހެންފަރާތްތަކަށް ދައްކަންޖެހޭ އަދަދުތަކާއެކު މިފްކޯގެ ޖުމްލަ ދަރަނި މިހާރު ހުރީ 1.8 ބިލިއަން ރުފިޔާގައެވެ.

މިފްކޯއަކީ 1977 ވުޖޫދަށް އައި ކުންފުންޏެކެވެ. މިފްކޯގައި 1،692 އަށްވުރެ ގިނަ މުއައްޒަފުން މަސައްކަތްކުރާއިރު، 4 ކާރުހާނާގެ އިތުރުން މަސްކިރާ 14 އުޅަނދާއި 20 އައިސްޕްލާންޓް ހުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.