ކާނިވާ ސްޓޭޖް ފުރާޅު
ހަބަރު
09 Aug 2025 | 14:10
ޝަކުވާ ބޮޑުވުމުން ސިޓީ ކައުންސިލުން، ކާނިވާ ސްޓޭޖް ފުރާޅުން ޓިނުތައް ނަގަން ފަށައިފި

ރައްޔިތުންގެ ޝަކުވާ ބޮޑުވުމުން މާލެސިޓީ ކައުންސިލުން، އެންމެފަހުން ކާނިވާ ސްޓޭޖް ފުރާޅުން ޓިނުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މިދިޔަ ހަފްތާގައި މާލެއަށް ގަދަ ވަޔާއެކު ކުރި ވިއްސާރާގައި ކާނިވާ ސްޓޭޖްގެ ފުރާޅުގެ ބައެއް ޓިނުތައް ވަނީ ވަޔާ އެއްލާލާފައެވެ. ޖެހުނު ގަދަވަޔާއެކު ޓިނުތައް އެއްލާލުމުގެ ސަބަބުން ޓިނުތަކުގައި ޖެހި ބައެއް އުޅަނދުތަކަށް ވަނީ ގެއްލުން ލިބިފައެވެ.

ބޭނުންނުކޮށް ހުންނަ ކާނިވާ ސްޓޭޖް ވަރަށްބޮޑަށް ވީރާނާވެފައިވާއިރު، އެތަނުގެ ފުރާޅު ކޮންމެފަދަ ވަގުތެއްގައިވެސް އެއްލާލަފާނެކަމުގެ ބިރު އޮންނަކަމަށް މީސް މީޑިއާގައި ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. 

ކާނިވާ ސްޓޭޖް ފުރާޅާ ގުޅިގެން ރައްޔިތުންގެ ޝަކުވާ ބޮޑުވުމާ ގުޅިގެން، އެތަނުގެ ފުރާޅުތައް ނެގުމުގެ މަސައްކަތް އޮތީ ކިހިނެތްތޯ ބެލުމަށް ވޮއިސްއިން މާލެސިޓީ ކައުންސިލަށް ފޮނުވި އެއްވެސް މެސެޖަކަށް ޖަވާބުދާރީވެފައެއް ނުވެއެވެ. 

އެހެން އޮއްވައި މާލެސިޓީ ކައުންސިލުން މިއަދު އެކްސްގައި ހިއްސާކުރި ފޮޓޯތަކަކާއެކު ވަނީ، ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށްޓަކައި ކާނިވާ ސްޓޭޖްގެ ފުރާޅުން ހަލާކުވެފައިވާ ބައިތައް ނަގާ އެތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ބުނެފައެވެ.

ކަނިވާ ސްޓޭޖް ތަޅާލައި އެތަނުގައި އައު ސްޓޭޖެއް އެޅުމުގެ މަސައްކަތް ކުރުމަށް ނިންމައި މާލެ ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެކަން ކުރާނޭ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައެވެ. ސިޓީ ކައުންސިލުން މިއަހަރުގެ މާޗްމަހު ވަނީ ސްޓޭޖު ތަޅާލައި އެތަނުގައި އާ ސްޓޭޖެއް އެޅުމަށް4.8 މިލިއަން ރުފިޔާގެ އަގަކަށް ޔޫއެޗް އިންވެސްޓްމަންޓާ ހަވާލުކޮށްފައެވެ.

ކާނިވާ ސްޓޭޖްގެ މަސައްކަތް ކުރުމަށް ހަވާލުކުރަނީ.. ފޮޓޯ: މާލެ ސިޓީކައުންސިލް

މި މަސައްކަތް އެކުންފުނިން ނިންމަންޖެހެނީ 140 ދުވަހުގެ ތެރޭގައެވެ.

އައު ސްޓޭޖް ހުންނާނޭގޮތުގެ ކުރެހުމެއް... ފޮޓޯ: މާލެސިޓީ ކައުންސިލް

ކާނިވާ ސްޓޭޖް ނިންމަންދިން މުއްދަތު ހަމަވެގެންދިޔަ ނަމަވެސް އަދި އެތަން ތަޅާލުމުގެ މަސައްކަތް ފަށާފައިނުވެއެވެ. އެކަން އެހެން އޮއްވައި ސްޓޭޖް ފުރާޅުން ޓިނުތައް ނެގުމުގެ މަސައްކަތްވެސް ފަށާފައިވަނީ މާލެސިޓީ ކައުންސިލްގެ މުއައްޒަފުންނެވެ.

މިކަމާ ގުޅޭގޮތުން މާލެސިޓީ ކައުންސިލުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ނޭޕާލް ދެމީހުން 3 ދުވަހަށް ބަންދުކޮށްފި
ދިރުވާލައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ނޭޕާލްގެ ދެ ރައްޔިތަކު ހައްޔަރުކޮށް ތިން ދުވަހަށް ބަންދުކޮށްފިއެވެ
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.