އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް-- ފޮޓޯ: މިފްކޯ
ހަބަރު
10 Aug 2025 | 11:21
އައްޑޫސިޓީން މަހުގެ ބާވަތްތައް ބޭރުކުރުމުގެ މަސައްކަތް ފެށުމަށް މިފްކޯއިން ތައްޔާރުވަނީ

ސީދާ އައްޑޫސިޓީން މަހުގެ ބާވަތްތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ރޭ ނެރުނު ބަޔާނުގައި ވަނީ އެކުންފުނީގެ މިހާރުގެ ހާލަތާ ވިޔަފާރިއާ ގުޅޭގޮތުން މުހިއްމު މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. މިފްކޯގެ ބަޔާނުގައި ބުނެފައިވަނީ، މަސްވެރިކަމުގެ ސިނާައަތަށް މިފްކޯގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ހުރިނަމަވެސް އުފެއްދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.

މިފްކޯއަށް މިވަގުތު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ މަސްގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި، ހިންގުމަށް ބޭނުންކުރާ އިންފްރާސްޓަކްޗަރގެ އިތުރުން މެޝިނަރީ އާއި އެނޫންވެސް އާލާތްތައް މަރާމާތުކުރުމަށް ލަސްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތައްކަމަށް މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.

މިފްކޯގެ ބަޔާނުގައި ބުނެފައިވަނީ، އައްޑޫސިޓީން ގަންނަ މަސް ހުވަދުއަތޮޅަށް ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫސިޓީން މަހުގެ ބާވަތްތައް ބޭރުކުރުމުގެ މަސައްކަތް ކުރިއަށްއޮތް މަސްދުވަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުންދާކަމަށެވެ. މީގެ އިތުރުން އައްޑޫގައި މަހަށް ވެލިއުއެޑް ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގއި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ. 

އަދި ފަހުގެ މެޝިނަރީއާއި އާލާތްތަކާއެކު އިންވެސްޓްކުރުމަށްފަހު ހުއްޓިފައިއޮތް އެންސިސްގެ ކޭނަރީ ފެކްޓްރީ މިފްކޯގެ ބެލުމުގެ ދަށަށް ގެނައުމަށް އެކުންފުންޏާއެކު މަޝްވަރާކުރަމުން އަންނަކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.

މިފްކޯއިން އެކުންފުނީގެ ހާލަތާ ބެހޭގޮތުން ބަޔާނެއް ނެރެފައިިވަނީ އޮޑިޓް އޮފީހުން މިފްކޯގެ މިދިޔަ އަހަރުގެ މާލީބަޔާނާ ގުޅޭ އޮޑިޓް ރިޕޯޓެއް ނެރެފައިވަނިކޮށެވެ. މި ރިޕޯޓްގައިވާގޮތުން މިދިޔަ އަހަރު ނިމުނުއިރު، ދިވެހިންގެ މަސްކުންފުނި މިފްކޯގެ ދަރަނި އުޅެނީ އެއް ބިލިއަން ރުފިޔާއަށް ވުރެ މަތީގައެވެ. މިފްކޯއަކީ 1977 ވުޖޫދަށް އައި ކުންފުންޏެކެވެ. މިފްކޯގައި 1،692 އަށްވުރެ ގިނަ މުއައްޒަފުން މަސައްކަތްކުރާއިރު، 4 ކާރުހާނާގެ އިތުރުން މަސްކިރާ 14 އުޅަނދާއި 20 އައިސްޕްލާންޓް ހުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.