ތުޅާދޫ އެއާޕޯޓް އަޅަން ބިން ހިއްކަން ހަވާލުކުރުން --
ހަބަރު
11 Aug 2025 | 17:19
ކުރީގެ އެއްބަސްވުން ބާތިލު، ތުޅާދޫ އެއާޕޯޓް އަޅަން ބިން ހިއްކަން ހަވާލުކޮށްފި

ބ. ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ހެދުމުގެ މަޝްރޫއާއި ގުޅިގެން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އަދި އިންފްރާސްޓްރަކްޗާ އިން ބުނީ މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ބ. ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރުމަށް ބިން ހިއްކުމުގެ ގޮތުން 2023 ގައި ސޮއިކުރެމުގެ އެއްބަސްވުން ބާތިލުކުރުމަށް ފަހުގައި ކަމަށެވެ.

ތުޅާދޫގައި އެއާޕޯޓެއް ގާއިމުކުރުމުގެ މަޝްރޫއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް އެންމެ ގިނައިރު ވެގެން 30 މިނެޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކޮށް، ގައުމީ ޑޮމެސްޓިކް އެއާޕޯޓް ވިއުގާ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއު އެެކެވެ.

ތުޅާދޫ އެއާޕޯޓް އަޅަން ބިން ހިއްކަން ހަވާލުކުރުން 

މިގޮތުން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމަކީ 570,260,350.80 ރުފިޔާގެ މަޝްރޫއުއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި މަސައްކަތް 660 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ހަސަން ރަޝީދު އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕވޓ ލޓޑގެ ފަރާތުން އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓާ މުހައްމަދު ޖަމްޝީދެވެ. 

މި މަޝްރޫޢުގެ ތެރެއިން ބ. ތުޅާދޫގައި ގާއިމުކުރެވިގެންދާނެ އެއާޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އަކާއެކު ކޯޑް ތްރީސީ އަށް ގާއިމުކުރެވޭ އެއަރޕޯޓެކެވެ. އަދި މިއަދު ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން އެއާޕޯޓު ގާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ (2،231،740.00 ކޮޑި މީޓަރުގެ ވެލި) ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖަހާނެ އެވެ.

ކޮމެންޓް
ދައިސް
މިހާރުރަންވޭހަދަންޖެހޭނީމުސްތަގުބަލައްބަލާމޯލްޑިވިއަންގެމިހާރުގެވިސްނުމައްބަލާފަހުންއިންޓަނޭޝަލަކައްވެސްބަދަލުކުރެވޭފެންފަރައްކޮންމެފަސްއަހަރަކުންޖަހާކަޑައަކައްނޫން
11 Aug 2025
ގުޅޭ ލިޔުންތައް
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ