ރައީސް ކެންދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުން -- ފޮޓޯ: ވޮއިސް
ހަބަރު
11 Aug 2025 | 18:27
އަޅުގަނޑުގެ ފަލްސަފާއަކީ ލާމަރުކަޒީކޮށް ރައްޔިތުންނަށް ހިދުމަތް ދިނުން: ރައީސް

އެމަނިކުފާނުގެ ފަލްސަފާ އަކީ ގަބޫލު ކުރައްވާ ހަމައަކީ ވެސް ލާމަރުކަޒީކޮށް ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލަށް އިދިކޮޅު ޕާޓީތަކާއި ވަރަށް ގިނަ ކައުންސިލްތަކުން ދެކޮޅު ހަދާ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ރައީސް ވަނީ ލާމަރުކަޒީ ނިޒާމާއިމެދު އެމަނިކުފާނުގެ ތަސައްވުރު ހާމަކުރައްވާފަ އެވެ.

ވިދާޅުވީ ލާމަރުކަޒީކޮށް ހިދުމަތް ދިނުން އެއީ ހިތުގެ އަޑީން ފުރިހަމައަށް ގަބޫލުކުރާ ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ ފަލްސަފާ އަކީ އަދި ގަބޫލުކުރާ ހަމައަކީ ވެސް ލާމަރުކަޒީކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުން. ލާމަރުކަޒީކޮށް ހިދުމަތް ދިނުން އެއީ އަޅުގަނޑު ހިތުގެ އަޑީން ފުރިހަމައަށް ގަބޫލުކުރާ ކަމެއް އަދި އެކަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި އަޅުގަނޑު އުޅެފައި ހުރި ކަމެއް އެއީ މާލޭގައި," މާލެ ސިޓީގެ މޭޔަރުގެ މަގާމު އަދާކުރެެއްވި ކުރެއްވުމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ކެންދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުން -- ފޮޓޯ: ވޮއިސް

ރައީސް ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ދިފާއު ކުރައްވާ ވެސް ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ އޭގެ ތެރެއިން އެއް އިސްލާހަކީ ރަށްރަށުގައި އާންމުން ކުރާ ކުދިކުދި ވިޔަފާރިތައް ހިމާޔަތް ކުރުން ކަމަށެވެ. އެފަދަ ވިޔަފާރިތަކަށް ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުން ވަނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އިސްލާހުގެ އެއް ބޭނުމަކީ އެއީ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ބްލޮކްގްރާންޓްގެ ގޮތުގައި ދޭ ފައިސާއިން ރަށަށާއި އަތޮޅަށް އެއްވެސް ފައިދާއެއް ނުކުރާ ކަންކަމަށް ކައުންސިލްތަކުން ހަރަދު ކުރަމުންދާ ކަމަށެވެ. އެ ގޮތުން "ތަޖުރިބާ" ހޯދުމުގެ ނަމުގައި މުޅި ކައުންސިލް އެއްކޮށް ބޭރު ގައުމުތަކަށް ދަތުރުކުރާ ކަން ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް އެނގޭ ލާމަރުކަޒީ ނިޒާމުގެ މުހިންމު ކަމާއި އޭގެ ފައިދާއާ އެކަން ކުރެވޭނެ ގޮތާއި އެކަމުގައި ސަރުކާރުތަކުން ވިޔަސް އަދި އެކަމަށް އެކި ދިމަދިމާއިން ހުރަސްތައް ކުރިމަތިކުރާ ގޮތާއި ކުރާ ހުރަސްތައް ގިރާކުރަން ކުރާނެ ކަންކަމާއި މިހެން ގޮސް ލާމަރުކަޒީ ނިޒާމުގެ ހުރިހާ ދިމާއެއްގައި އުޅެވިފައި ހުރި މީހެއް އަޅުގަނޑަކީ," ރައީސް ވިދާޅުވި އެވެ.

ރައީސް ކެންދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުން -- ފޮޓޯ: ވޮއިސް

ރައީސް ވަނީ ހުރިހާ ކައުންސިލްތަކުން ވެސް އިހްލާސްތެރިކޮށް ޒިންމާދާރުކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އަދި ވިދާޅުވީ ކައުންސިލްތައް މާލެއަށް ގެންގޮސް ރައީސް އޮފީހުގައި ބެއިތިއްބުވުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ. އެމަނިކުފާނު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގެ ބޭނުމަކީ ރައްޔިތުންނާއެކު މަސައްކަތް ކުރުން ކަމުގައި ވިދާޅުވި އެވެ. އެ ދަތުރުފުޅުތަކުގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރީން ބައިވެރި ކުރައްވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ ކަންކަން ކުރިއަށް ގެންދެވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ