ބީއެމްއެލްގެ ގޮތްޕެއް
ވިޔަފާރި
12 Aug 2025 | 11:25
ލޯނު ނުދައްކައިގެން ބީއެމްއެލުން މާލެއިން ގޯއްޗެއް ވިއްކާލަނީ

ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން މާލެއިން ގޯއްޗެއް ވިއްކާލުމަށް ބޭންކުން އިއުލާނުކޮށްފިއެވެ.

ބީއެމްއެލުން ވިއްކާލުމަށް ނިންމާފައިވަނީ، މ.ބީޗްކޯނަރ އެވެ. މި ގެއަކީ 927.33 އަކަފޫޓުގެ ގޯއްޗެކެވެ. ސިވިލްކޯޓުން ވަނީ ބީއެމްއެލަށް އެ ގެ ވިއްކާލުމުގެ ހުއްދަ މިއަހަރުގެ އޭޕްރިލްމަހު ދީފައެވެ.

ބީޗް ކޯނަރ ނީލަމުގެ އުސޫލުން ވިއްކާލުމަށް އިއުލާނުކޮށްފައިވާއިރު، އެ ގެ ގަތުމަށް ހުށަހެޅޭނެ އެންމެ ދަށް އަގެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، 21،888،429 މިލިއަން ރުފިޔާއެވެ. ބީއެމްއެލުން ބުނީ، އެ ގެ ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ އޮގަސްޓްމަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން ބޭންކަށް ހުށަހަޅަންޖެހޭނޭކަމަށެވެ.

ނީލަމުގެ ކަންކަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. ނީލަން ކާމިޔާބުކުރާ ފަރާތުން 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭއިރު، ކަނޑައެޅިފައިވާ ތާރީހަށް ނުދައްކައިފިނަމަ، ދެވަނައަށް އެންމެ މަތީއަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ އަލުން ނީލަން ފެށުމުގެ އިހުތިޔާރު ބީއެމްއެލަށް ލިބިގެންވެއެވެ.

ބީއެމްއެލުން ބުނީ އެ ގެ ގަތުމުގެ ނީލަމުގައި ބޭންކްގެ ބޯޑް ޑިރެކްޓަރަކަށް ނުވަތަ އެއްވެސް މުއައްޒަފަކަށް ނުވަތަ އާއިލާގެ އެއްވެސް ފަރާތަކަށް ނީލަމުގައި ބައިވެރި ނުވެވޭނޭކަމަށެވެ. އަދި ބޭންކް ހިއްސާވާ ފަރާތެއްގެ ކުންފުންޏަކުން ބިޑަށް ހުށަހަޅާ ނަމަ އެކަން ތަފްސީލުކޮށް ބިޑް ހުށަހަޅާއިރު އެކަން ލިޔެކިޔުމުން އަންގަން ޖެހޭނޭކަމަށެވެ.

ބީއެމްއެލުން ވަނީ މީގެ ކުރުިންވެސް ލޯނު ނުދެއްކުމުގެ މައްސަލަތަކުގައި ގޯތި ވިއްކުމުގެ މުއާމަލާތް ކުރިއަށްގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.