ރައީސް ތުޅާދޫ ރައްޔިތުންނާ ވާހަކަދައްކަވަނީ
ހަބަރު
12 Aug 2025 | 11:52
ބ.އަތޮޅުގެ ތަރައްޤީގައި ތުޅާދޫއަކީ ދެވަނައަށް އިސްކަންދޭނެ ރަށް: ރައީސް

ބ.އަތޮޅުގެ ތަރައްޤީގައި ތުޅާދޫއަކީ ދެވަނައަށް އިސްކަންދޭނެ ރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތުޅާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ސަރުކާރުން ތަރައްޤީގެ ކަންކަން ކުރިއަށްގެންދިއުމުގައި ތުޅާދުއަކީ ބ.އަތޮޅުން ދެވަނައަށް އެންމެބޮޑު އިސްކަންދޭނެ ތަރައްޤީގެ އެއް ނާރެސް ކަމަށާއި، ސަރުކާރުން ވައުދުވެފައިވާގޮތަށް ތަރައްޤީގެ ކަންކަން އެރަށުގައި ކުރިއަށްގެންދަވާނެކަމަށެވެ.

ރައީސް ތުޅާދުއަށް ވަޑައިގެން މިއަދު ވަނީ އެރަށުގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރައްވާފައެވެ. މި މަޝްރޫޢުއާ ބެހޭގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ސަރުކާރުން މިހާރު ރާވާފައިވާގޮތުން މި މަޝްރޫޢު ދެން ކުރިއަށްގެންދާނީ ކުރިން ބަދަލުތަކާއެކު ކަމަށެވެ. އެގޮތުން ކުރިން ފަޅުތެރެއިން ވެލި ނަގައިގެން ބިންހިއްކަން އޮތްނަމަވެސް ތުޅާދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކާނާނީ ފަޅުން ބޭރުން ވެލިނަގައިގެން ބިން ހިއްކާގޮތަށްކަމަށެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢުއަށް ސަރުކާރުން ގެނައި މި ބަދަލާއެކު މަސައްކަތް އަވަސްވެގެންދާނޭކަމަށެވެ.

ތުޅާދޫ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވަނީ އެރަށުގެ އުމްރާނީ އަދި އެހެނިހެން ދައިރާތަކުގެ ތަރައްޤީއަށް ކުރަން ހުރި ކަންކަންވެސް ކުރިއަށްދާނޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން ތުޅާދޫ ހޮސްޕިޓަލުގެ މަސައްކަތަކާއި ކުޅިވަރު ދަނޑުތަކުގެ މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ. ތުޅާދޫ ހޮސްޕިޓަލް ތަރައްޤީކުރާނީ ސްޕެޝަލިސްޓް ހިދުމަތާއި ޒަމާނީ ވަސީލަތްތަކާއެކުކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ މަގުތައް ހެދުމާއި ތުޅާދޫގައި އަލަށް 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށް ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ. އަދި ތުޅާދޫގައި އެންމެ ފުރަތަމަ ހިއްކިބިމުން ދީފައިވާ ގޯތިތައް އަމިއްލަ ކޮށްދޭނެ އުސޫލެއް ހައްދަވައިދެއްވާނޭކަމަށާއި، އެކަން އެ ގެވަޅުތަކުގެ މީހުންނަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ތުޅާދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން ވަނީ، އެރަށުގައި ގާއިމްކުރުމަށް ނިންމި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައެވެ.

ތުޅާދޫއަކީ ބ.އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެގިނައިން މީހުން ދިރިއުޅެމުން އަންނަ އެއް ރަށެވެ. ތުޅާދޫއަކީ އެރަށް ވަށައިގެން ރިސޯޓްތައް ހިމެނޭ ފަޅުބޮޑު ރަށެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ