އިސްރަށްވެހިންނަށް ކުރިއަށްގެންދިޔަ ކަސްރަތު ޕްރޮގްރާމްގެ ތެރެއިން..
ހަބަރު
13 Aug 2025 | 15:46
އިސްރަށްވެހިންނަށް ޚާއްސަ ކަސްރަތު ކުލާހެއް ކުރިއަށް ގެންގޮސްފި

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި އިސްރަށްވެހިންގެ ނާދީއާ ގުޅިގެން، އިސްރަށްވެހިންނަށް އަމާޒުކޮށްގެން، އުމުރުން ދުވަސްވުމުގެ ސަބަބުން ގައިގެ ބާރު ދޫވުމާއި، ވެއްޓުން ފަދަ ކަންކަމުން ރައްކާތެރިވުމާއި ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ، މާލެ އިސްރަށްވެހިންގެ ނާދީގައެވެ. އާއިލާއާ ބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމުގައި ކުރިއަށްގެންގޮސްފައިވަނީ، މަސްތަކުގައި ވަރުޖެއްސުމާއި، ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވިދާނެ ލުއި ކަސްރަތުތަކާ ބެހޭގޮތުން މުހިންމު މަޢުލޫމާތްތަކާ އެކުގައިކަމަށެވެ.

މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން، މި ޕްރޮގްރާމުގައި ބައިވެރިވި އިސްރަށްވެއްީސަކު ބުނީ ޕްރޮގްރާމްތަކުގައި ބައިވެރިވާން ފެށިފަހުން ހަރަކާތްތެރިވުމަށް ފަސޭހަވެ، ގައިގައި ހުންނަ ކުދި ރިހުންތައް ފިލައި، ފާހަގަކުރެވޭފަދަ ހެޔޮ ބަދަލުތަކެއް ހަށިގަނޑަށް އައިސްފައިވާ ކަމަށެވެ.

އިސްރަށްވެހިންނަށް ކުރިއަށްގެންދިޔަ ކަސްރަތު ޕްރޮގްރާމްގެ ތެރެއިން..

އެހެން ބައިވެރިއަކު ބުނެފައިވަނީ މި ޕްރޮގްރާމްތަކުގައި ގިނަ އިރު ހޭދަކުރަންޖެހުނު ނަމަވެސް، ފޫހިވުމެއްނެތި ޕްރޮގްރާމް ފުރިހަމަކުރެވޭ ކަމަށެވެ. އަދި މި ސެޝަންތަކުގައި ބައިވެރިވުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ލުއިކަމުގެ އިތުރުން، ނަފްސާނީ ގޮތުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދާކަން ވެސް އެ ފަރާތުން ފާހަގަކުރިއެވެ.

އިސްރަށްވެހިންނަށް ކުރިއަށްގެންދިޔަ ކަސްރަތު ޕްރޮގްރާމްގެ ތެރެއިން..

"ވަރަށް ގިނަ މީހުންނަށް އަޅުގަނޑު ނަސޭހަތްތެރިވަން މިތަނަށް އަންނާށޭ، ކޮންމެ ދުވަހަކު ނާދެވުނަސް ކަސްރަތު އޮންނަ ދުވަސް ދުވަހު އަންނަން ބުނަން، އެއީ އަޅުގަނޑުމެން ދުވަސްވީ މީހުންނަށް ވަރަށް ރަނގަޅު ފުރުޞަތެއް މިތަނުން ދެއްވާ، އެހެންކަމުން އެކަމަށްޓަކައި އަޅުގަނޑު ވަރަށް ޝުކުރުވެރިވަން." ޕްރޮގްރާމުގައި ބައިވެރިވި އިސްރަށްވެއްސެއް ބުންޏެވެ.

އިސްރަށްވެހިންނަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަޤްސަދުގައި އިސްރަށްވެހިންގެ ނާދީގައި މިފަދަ ތަފާތު ޕްރޮގްރާމުތައް އަބަދުވެސް ކުރިއަށް ގެންދެއެވެ. މިގޮތުން އިސްރަށްވެހިންގެ ނާދީގައި ކޮންމެ އާދީއްތަ އަދި އަންގާރަ ދުވަހެއްގެ ހަވީރު 04:15 އިން 05:15 އަށް ކަސްރަތު ޕްރޮގްރާމުތައް ކުރިއަށް ގެންދާކަމަށް އާއިލާއާ ބެހޭ ވުޒާރާއިން ބުންޏެވެ.

އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް ވަނީ ހުޅުވާލާފައެވެ. އިތުރު މަޢުލޫމާތު ސާފު ކުރުމަށް އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން އެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.