ޗަންޕާ މުހައްމަދު މޫސާ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ..
ހަބަރު
14 Aug 2025 | 09:02
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ވެރިކަމުގެ މުއްދަތު ދަންމާލުން މުހިންމު: އުއްޗު

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ވެރިކަމުގެ މުއްދަތު ދަންމާލުން މުހިއްމުކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ ވިދާޅުވެއްޖެއެވެ.

ޔޫޓިއުބް ޗެނަލް ދެނޯގެ އެޕިސޯޑެއްގައި ވާހަކަދައްކަވަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި އަދި އެނޫންވެސް ބޮޑެތި ވިޔަފާރިތައް ވޫޖޫދަށް ގެނެސް ކާމިޔާބުކަމާއެކު ހިންގަވަމުން އަންނަ އުއްޗު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެންމެ ރަނގަޅު އެއް ނިންމުމަކަށް ވާނީ ވެރިކަމުގެ ދައުރު ދަންމާލުންކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

ފަތުރުވެރިކަމުގެ ގިނަ ވިޔަފާރިތަކެއްގެ ހިއްސާދާރު އަދި ބޭރުފައިސާއިން އެންމެގިނައިން ޓެކްސް ދައްކަވާ އެއްކުންފުނީގެ ހިއްސާދާރު އުއްޗު ވިދާޅުވީ، މުޅި ދުނިޔޭގެ ނިސްބަތަށް ބެލިނަމަވެސް ދިވެހިރާއްޖެއަކީ އެންމެގިނައިން އިގްތިސާދަށް ޑޮލަރު ވަންނަ އެއް ޤައުމުކަމަށެވެ. އެގޮތުން ވާރޭ ވެހޭހެން ރާއްޖެއަށް ޑޮލަރު ލިބޭކަން އުއްޗު ވިދާޅުވިއެވެ.

ދިވެހިރާއްޖެ އަކީ ހަމަ ޑޮލަރު، ވާރޭ ވެހޭހެން ވެހޭ ގައުމެއް. މުޅި ދުނިޔޭގެ ނިސްބަތުންވެސް. އެކަން އެންމެން ގަބޫލުކުރަން ޖެހޭނެ

ޗަމްޕާ މުހައްމަދު މޫސާ، އުއްޗު ވިދާޅުވިއެވެ

ޑޮލަރު ލިބުން ދަތިވާ މައްސަލާގައި އުއްޗު ވަނީ އޭނާ ދެކެވަޑައިގަންނަވާގޮތް ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވާފައެވެ. އެންމެބޮޑު އެއް ސަބަބެއްގެ ގޮތުގައި ވިދާޅުވީ ވަކިވަކި ރަށްތަކެއްގެ ގޮތުގައި އޮތްނަމަވެސް އަދި ކިތަންމެ މީސްކޮޅު މަދުނަމަވެސް ރާއްޖެއަކީ ނިސްބަތުން ބޮޑު ތަނެއްކަމަށެވެ. އުއްޗު ވިދާޅުވީ 200 ވަރަކަށް ރަށުގައި މީހުން ދިރިއުޅޭއިރު، އެ ހުރިހާ ތަނަކަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދޭންޖެހޭ ކަމަށާއި، ރާއްޖެ އުފެދިފައިވާގޮތުން ކަންކަން ކޮށްދިނުމަށް ބޮޑެތި ހަރަދުތަކެއް ހިނގާކަމަށެވެ. 

އެކަންކަން ކޮށްދެނީ ވެރިކަމަށް އަންނަ މީހާގެ ޖީބުން ނޫންކަމަށާއި އެ ހުރިހާ ހަރަދެއް ކުރަނީ ރައްޔިތުން ދައުލަތުގެ ބައިތުލްމާލަށް ދޭ ފައިސާއިންކަމަށް ވާއިރު، އެފައިސާއިން ނުވާ ކަންކަން ކުރަންޖެހެނީ ލޯނު ނަގައިގެންކަން އުއްޗު ވިދާޅުވިއެވެ.

ރާއްޖެ އުފެދިފައިވާ ގޮތުންނާއި ތަރައްޤީ އާއި އެނޫންވެސް ކަންކަން ކުރުމަށް އެހުންނަ ވެރިއަކަށް ލިބެނީ 5 އަހަރުގެ މުއްދަތެއްކަން ފާހަގަކުރައްވަމުން އުއްޗު ވިދާޅުވީ އެ ހުރިހާ ކަމަކަށް ބަލައި އެ މުއްދަތުގެ ތެރޭގައި ކަންކަން ކުރުމަކީ ވާނޭކަމެއް ނޫންކަމަށެވެ. ދެންޖެހެނީ ތެޅިގަނެގެން ލޯނުތަކާ އެއްޗެހި ނަގައިގެން ކަންކަން ކުރަން ކަމަށާއި ނަތީޖާއަކަށް ވެގެންދަނީ ނަގާ ލޯނާ ނުބައްދަލު ހަރަދުތަކެއް ދައުލަތުގެ ބައިތުލްމާލުން ކުރަންޖެހުންކަމަށް އުއްޗު ފާހަަގަކުރެއްވިއެވެ.

އެގޮތުން ރާއްޖެއިން ބޭރުން ލޯނު ނެގިނަމަވެސް އެއީ ސީދާ ނަގުދު ޑޮލަރުން ރާއްޖެއަށް ލިބޭ ފައިސާ ނޫންކަން ފާހަގަކުރައްވަމުން އުއްޗު ވަނީ އަވައްޓެރި ގައުމުތަކުން ދޭ އެފަދަ ލޯނު ކޮންމެވެސް މަޝްރޫޢުއަކަށް މަތިކޮށް އެޤައުމުގެ މަސައްކަތްތެރިން ރާއްޖެއަށް މަޝްރޫޢުތައް ހިންގުމަށް އައިސް ކުރާ މަސައްކަތްތަކަށް ފައިސާ ދައްކަންޖެހެނީ ޑޮލަރުންކަމަށެވެ. މިއީ ރާއްޖެއަށް ވަންނަ ޑޮލަރުގެ ބޮޑުބައެއް ބޭރުވަމުންދާ ގޮތްކަމަށް އުއްޗު ވިދާޅުވިއެވެ.

މީގެ އިތުރުން މަޝްރޫޢުތައް ހިންގުމަށް އެމީހުން ރާއްޖެ އަންނަނީ ފިލަޔާއި ދަގަނޑާއި ހިލަ އަދި ސިމެންތިފަދަ ތަކެތިވެސް ހިފައިގެންކަން ފާހަގަކުރަމުން އުއްޗު ވިދާޅުވީ، ސަރުކާރުގެ ހެޔޮފުޅުކަމުން އެމީހުންނަށް ކާޑުގެ ބާވަތްތައްވެސް ރާއްޖެއިން ގަންނަން ލިބެނީ ދިވެހި ރައްޔިތުންނަށް ދޭ ސަބްސިޑީގެ އަގުގައިކަމަށެވެ. 

އުއްޗު ވިދާޅުވީ ވެރިއަކަށް ހަމަޖެހިލައިގެން ޤައުމު ހިންގޭނީ ވެރިކަމުގެ މުއްދަތި 10 ނުވަތަ 15 އަހަރަށް ދީގެންކަމަށް ގަބޫލުކުރައްވާކަމަށެވެ. އެއީ ރާއްޖެ އޮންނަގޮތުން ވެރިއަކަށް ހުންނަވާ ބޭފުޅަކަށްވެސް މަޝްރޫޢުތައް ކުރިއަށްގެންދެވޭނީ ރަނގަޅު މުއްދަތެއް ލިބިގެންކަމުގައިވާތީކަމަށް އުއްޗު ވިދާޅުވިއެވެ. ވެރިކަމުގެ ދައުރު 5 އަހަރު ކުރުކަން ފާހަގަކުރައްވަމުން އެހާ ކުރު މުއްދަތެއްގައި ގިނަ ކަންކަން ކުރަންޖެހި މެނޭޖްކުރުމަށް އޮންނަ ދަތިތަކުގެ ސަބަބުން ހަރަދުތައް އިންތިހާއަށް މައްޗަށްގޮސް އިތުރު ގޮންޖެހުންތައްވެސް ކުރިމަތިވަމުން އަންނަކަމަށް އުއްޗުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ބަޗީ
15 އަހަރަށް ހަދާ. އޭރުން މަވެސް ކުރިމަތިލުމުގެ ވިސްނުން އެބަހުރި. ކަލޯގަޔާ މީ ކަމަކީ.
14 Aug 2025
waane
އުއްޗުގެ ރިސޯޓު ފިޔަވާ ދެންހުރި ރިސޯޓުތައް ވިއްކާލާފައި ޑޮލަރު ހައްލު ކުރުން މުހިންމު +
14 Aug 2025
އަލިފު ޙާ!
ތިމަންނަ ޖެހިގޮތަށް ވަގުޑޮލަރު ޖެހުން އެންމެ ރަނގަޅީ!
14 Aug 2025
ދަސ
މައުމޫނަ ދިނިން30 އަހަރު ކޮންކަމެތޯވީ
14 Aug 2025
އިބްރާހިމްބެ
އަދި އެއްލަގަބު ދޭންވީ
16 Aug 2026
ގުޅޭ ލިޔުންތައް
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.