ކަސްޓަމްސް އިދާރާ
ހަބަރު
14 Aug 2025 | 11:33
ޗައިނާ އެފްޓީއޭގެ ދަށުން ސެޓްފިކެޓް އޮފް އޮރިޖިން ހޯދަން މިހާރު އޮންލައިނުކޮށް ހުށަހެޅޭނެ: ކަސްޓަމްސް

ޗައިނާ އާއި ދިވެހި ރާއްޖެ ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން އެޤައުމަށް އެކްސްޕޯޓް ކުރާ މުދަލަށް ހޯދަންޖެހޭ ސެޓްފިކެޓް އޮފް އޮރިޖިން ހޯދުމަށް އޮންލައިނުކޮށް މިހާރު އެދެވޭނޭކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނީ ފްރީޓްރޭޑް އެއްބަސްވުމުގެ ދަށުން އެކްސްޕޯޓްކުރުމަށް ހޯދަންޖެހޭ ހުއްދަ "ކަސްޓަމްސް ޕޯޓަލް" މެދުވެރިކޮށް މިހާރު ހުށަހެޅޭނޭކަމަށެވެ. ސެޓްފިކެޓް އެޕްރޫވް ވުމުން، ކަސްޓަމްސް ޕޯޓަލްއިން ފެންނަންހުންނޭ ކަމަށާއި، ސެޓްފިކެޓަށް ދައްކަންޖެހޭ ފައިސާ ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ދެއްކޭނޭ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ފައިސާ ދެއްކުމުން ސެޓްފިކެޓްގެ ޕްރިންޓެއް ކަސްޓަމްސްއިން ފޯރުކޮށްދޭއިރު، އޮގަސްޓްމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗައިނާއަށް އެކްސްޕޯޓް ކުރާ މުދަލަށް ސެޓްފިކެޓް އޮފް އޮރިޖިން ހޯދުމަށް ހުށަހެޅޭނެއެވެ

ޗައިނާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވަނީ، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ރައީސް ޔާމީނުގެ ވެރިކަން ނިމެންދެން ކުރިއަށް ދިޔައެވެ. އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުން ފެށިގެންނެވެ. 

ޗައިނާ ސަރުކާރާއި ދިވެހިރާއްޖެއާ ދެމެދު ގާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ރަސްމީގޮތުން އަމަލުކުރުން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މި އެއްބަސްވުމާއެކު ޗައިނާއިން ރާއްޖެއަށް އެތެރެކުރާ 290 އަށްވުރެ ގިނަ މުދަލުން ނަގާ ޑިއުޓީ މައާފްވެގެން ދާނޭކަމަށެވެ. މިގޮތުން ފަރުނީޗަރާއި، އިލެކްޓްރޯނިކް އައިޓަމްގެ އިތުރުން މެޝިނަރީން ނަގާ ޑިއުޓީވެސް މައާފްވެގެންދާނެއެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ލިބިގެންދާ އެންމެ ހާއްސަ އެއްކަމަކީ، ޗައިނާގެ ބޮޑެތި ސިޓީތައް ނުވަތަ ޗައިނާގެ މާކެޓުގައި ދިވެހިންނަށް ވިޔަފާރިކުރަން ފުރުސަތުތައް ލިބި، އެހެންގައުމުގެ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ލިބިގެންދިއުމެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޗައިނާއަށް މަހުގެ ބާވަތްތައް ބޭރުކުރުމުގައިވެސް އިނާޔަތްތައް ލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.