މާޅޮހުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަދައްކަވަނީ
ހަބަރު
14 Aug 2025 | 12:20
ބ.މާޅޮހު ބަނދަރުގެ މަސައްކަތް ދެން ލަހެއް ނުވާނެ: ރައީސް ޑރ.މުއިއްޒު

ނުނިމި ދިގިލަމުންދާ ބ.މާޅޮހުގެ ބަނދަރުގެ މަސައްކަތް ދެން ލަސްނުވެ ކުރިއަށްދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު މާޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މާޅޮހު ބަނދަރުގެ މައްސަލައަކީ އެންމެ މުހިއްމުކަމެއް ދީގެން ހައްލުކުރައްވާނެކަމަށް ދެންނެވި އެއް މައްސަލަ ކަމަށާއި މި ސަރުކާރުން ބަނދަރުގެ މަސައްކަތް ނިންމާނޭކަމަށެވެ. މީގެ ކުރިން ބަނދަރު މަރާމާތުކުރުން ލަސްވެގެން ދިޔަނަމަވެސް ބަނދަރުގެ މަސައްކަތް ލަސްނުވާނޭކަމަށް ރައިސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ބަނދަރުގެ މަސައްކަތް ކުރިއަށްދާ ސްޕީޑް ކުރިއަށްއޮތްތަނުގައި އިތުރުކުރެވޭނޭކަމަށާއި، ބޮޑުހިލަ ހޯދުމުގެ ކަންކަމުގައި ކުރަންހުރި ކަންކަން އަދިވެސް އެބަހުރިކަމަށެވެ. ބޮޑުހިލައާ ގުޅޭކަންކަން ލަސްވީ ފައިސާ ހޯދުމުގައި ހުރި ލަސްތަކެއް ހުރުމުން ނަމަވެސް މިހާރު އެކަން ހައްލުވެ ނިމިފައިވާކަން ރައީސް ފާހަަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބަނދަރުގެ މަޝްރޫޢުއާ ގުޅިގެން މާޅޮހުގައި އިތުރު ކަންކަންވެސް ކުރަން އެބަހުރިކަމަށާއި އެގޮތުން ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށްވެސް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށެވެ. މީގެ އިތުރުން ބަނދަރު ބޮޑުކުރެވޭއިރު، ރަށުގެ އިންޖީނުގެ އެހެން ދިމާލަކަށް ބަދަލުކުރުމުގެ ކަންކަންވެސް ކުރެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.

މާޅޮހު ބަނދަރު... ފޮޓޯ: ޢަބްދުﷲ ހުސައިން

މާޅޮހު ބަނދަރުގެ މައްސަލައަކީ ހައްލުނުވެ ވަރަށް ދިގުލައިގެން ގޮސްފައިވާ ކަމެއްކަމަށް މާޅޮހު ރައްޔިތުން ފާހަގަކުރެއެވެ. މާޅޮހުގެ ބަނދަރު ހަލާކުވެފައި އޮންނަތާ 14 އަހަރު ވެގެންގޮސްފައިވާއިރު، މިދިޔަ ސަރުކާރުތަކުގައިވެސް އެރަށު ބަނދަރު މަރާމާތުކޮށްދިނުމަށް އެދުނެވެ. ނަމަވެސް އެކިއެކި ސަބަބުތަކާހެދި އެމަސައްކަތް ކުރިއަށްްގެންގޮސް ނިންމާލެވިފައެއް ނުވެއެވެ.

މާޅޮހު ބަނދަރު މަރާމާތުގެ މަސައްކަތް އެރަށު ރައްޔިތުން ކުރަނީ... ފޮޓޯ: މާޅޮހު ކައުންސިލް

މާޅޮހު ބަނދަރު ހަލާކުވީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއަށް އެރި ސުނާމީ ކާރިސާގައެވެ. މާޅޮހު ބަނދަރަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީއާއެކު 1999 ވަނަ އަހަރު ހެދި ބަނދަރެކެވެ. މާޅޮހު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް މިހާތަނަށްވެސް ކުރަމުން އައީ އެރަށުގެ ރައްޔިތުން އަމިއްލަ މަސައްކަތުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.