ދައުލަތުގެ ޓެކްސް އިދާރާ ހުންނަ އިމާރާތް.. ފޮޓޯ: ވޮއިސް
ހަބަރު
16 Aug 2025 | 09:33
އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 880 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިއްޖެ: މީރާ

އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ބޭރުފައިސާގެ ގޮތުގައި 880 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާއްމުކޮށްފައިވާ ޖުލައިމަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދުތައް ދައްކުވައިދޭ ތަފާސްހިސާބަށް ބަލާއިރު، އެމަހުގެ ނިޔަލަށް ޑޮލަރުން ލިބުނު އާމްދަނީ އުޅެނީ 880.5 މިލިއަން ޑޮލަރުގައެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 242.6 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

މިއަހަރުގެ މިހާތަނަށް ޑޮލަރުން އެންމެގިނައިން އާމްދަނީ ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީންނެވެ. ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި 440 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބުނުއިރު، މިދިޔަ އަހަރު އެ އަދަދު އުޅެނީ 427 މިލިއަން ޑޮލަރުގައެވެ. ޓީޖީއެސްޓީ ފިޔަވައި ދެން އެންމެގިނައިން ބޭރުފައިސާގެ ގޮތުގައި އާމްދަނީ ލިބިފައިވަނީ، އިންކަމް ޓެކްސް، ގްރީންޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓްފީ އަދި ޓޫރިޒަމް ލޭންޑް ރެންޓުނެވެ. 

މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު ޓެކްސް އާމްދަނީގެ ގޮތުގައި ޑޮލަރުން 700.2 މިލިއަން ޑޮލަރު ލިބުނުއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނީ 180.2 މިލިއަން ޑޮލަރެވެ. 

އަހަރުެގ މިހާތަނަށް ޑޮލަރުން 880.5 މިލިއަން ޑޮލަރު ލިބުނުއިރު، ދިވެހި ރުފިޔާއިން ލިބުނު ޖުމްލަ އާމްދަނީ އުޅެނީ 6.6 ބިލިއަން ރުފިޔާގައެވެ. އަހަރުގެ މިހާތަނަށް މީރާއަށް ޓެކްސް އާއި އެހެނިގެން ގޮތްގޮތުން 20.1 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މިއަދަދު އުޅެނީ، 17.6 ބިލިއަން ރުފިޔާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.