ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ... ފޮޓޯ: ލައިވްމިންޓް
ހަބަރު
17 Aug 2025 | 15:28
ޗައިނާގެ ހާރިޖީ ވަޒީރު، ވާންގް ޔީ މާދަމާ އިންޑިއާއަށް ވަޑައިގަންނަވަނީ

ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ، މާދަމާގެ ވަގުތެއްގައި އިންޑިއާއަށް ވަޑައިގަންނަވާނެ ގޮތަށް ހަމަޖެހިއްޖެއެވެ.

ދެބަސްވުން އުފެދިފައިވާ ބޯޑަރުގެ މައްސަލައިގައި ދެގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ކުޑަވެ، މަޝްވަރާގެ މޭޒު ދޮށަށްދާން ދެގައުމުންވެސް އެއްބަސްވެފައިވަނިކޮށް، ވާންގް ޔީ އިންޑިއާއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅަކީވެސް އެމަޝްވަރާތަކާއި ގުޅޭ ދަތުރުފުޅެއްކަމަށް ނިމުނު ހަފްތާ ބަންދުގައި ޗައިނާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ވާންގް ޔީގެ މި ދަތުރުފުޅުގައި ދެގައުމުގެ ސަރަހައްދީ އިމުގެ މައްސަލައިގައި އިންޑިއާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު އަޖިތު ދޯވާލްއާއެކު މަޝްވަރާކުރައްވާނެއެވެ. މި މަޝްވަރާތަކަކީ މިމަހުގެ ފަހުކޮޅު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން ދެގައުމުންވެސް ބާއްވަން ބޭނުންވި މަޝްވަރާތަކެކެވެ.

ވާދަވެރިކަން ބޮޑު މި ދެގައުމުގެ މެދުގައި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މަޝްވަރާތައްކުރެވި، ދެގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ވަނީ ލިބިފައެވެ. އިންޑިއާއާއި ޗައިނާ އާ ދެމެދު އޮންނަ ނުތަނަވަސްކަން އިތުރަށް ގޯސްވީ 2020 ވަނަ އަހަރު ސަރަހައްދީ އިމުގައި ދެގައުމުގެ ސިފައިންގެ މެދުގައި ހިނގި ކުރިމަތިލުންތަކަށްފަހުއެވެ. މި ކުރިމަތިލުންތަކުގައި ދެގައުމުގެ ސިފައިންވެސް މަރުވެ، ގިނަ ބަޔަކަށް އަނިޔާތަކެއްވެސް ލިބުނެވެ. އެއަށްފަހު މިދިޔަ ދުވަސްތަކުގައި ބޯޑަރު ބަންދުކޮށް، ދެގައުމުގެ މެދުގައި ވައިގެ ދަތުރުފަތުރުވެސް މެދުކަނޑާލިއެވެ.

މިހަފްތާގައި ބާއްވާ މަޝްވަރާތަކަށްފަހު އަނެއްކާވެސް ދެގައުމުގެ ގުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުވާނެކަމަށް ދެގައުމުގެ ނޫސްވެރިންވެސް އަންދާޒާކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ