08 Jun 2019 | 00:22
މަހުލޫފް ދެ ނަމާދު ދޭތެރެ ގަޑި އޮޅުވާލައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދިފާޢުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ދެނަމާދު ދޭތެރެ އޮޅުވައިލުމަށް ވާހަކަ ދައްކަވައިފިއެވެ.

އަންނަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައި އިންޑިއާގެ ބޮޑު ވަޒީރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ހަމަޖެއްސުމާއި ގުޅިގެން އިދިކޮޅު ބައެއް މެންބަރުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާ ވާހަކަ ދައްކަވާފައިވަނިކޮށް މިނިސްޓަރު މަހުލޫފު މިއަދު ވަނީ މޯދީ ދިފާއުކުރައްވައި ވާހަކަ ދައްކަވާފައެވެ.

އެގޮތުން ޖަމާއަތުގައި މަޣްރިބު ނަމާދުކުރުމަށްފަހު މޯދީގެ ތަގުރީރު އަހާފައި އިޝާ ނަމާދަށް ޖަމާއަތަށް ދެވިދާނެ ކަމަށެވެ. އަދި ފަރުޟު ފަސް ނަމާދުގެ ނަންތައް ވިދާޅުވުމަށްފަހު މަހުލޫފު ވިދާޅުވެފައިވަނީ ހައްތަހާވެސް ދެ ނަމާދު ދޭތެރެ ކަމަށެވެ. އަދި މީގެކުރިންވެސް ބައެއް ފަހަރު މަޖިލީހުގެ ޖަލްސާތައް ހެނދުނު ފަށާގޮތަށް ދަންވަރުވެސް ނިންމާފައި އެބަހުރި ކަމަށް މަހުލޫފު ވިދާޅުވިއެވެ.

ކޮންމެ ދެ ނަމާދެއްގެ ދެމެދުގައިވާ ވަގުތުކޮޅަކީ ދެ ނަމާދު ދޭތެރެކަމަށް ސިފަވާ ގޮތަށް މަހުލޫފު ވާހަކަދެއްކެވި ނަމަވެސް ދިވެހި ބަހުގެ ރަދީފުގައިވާ ގޮތުން ދެ ނަމާދު ދޭތެރެއަކީ މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދެވެ.

ދެނަމާދު ދޭތެރޭގައި މަޖިލީހުގެ ޖަލްސާގައި މޯދީ ތަގުރީރު ކުރައްވަން ހަމަޖެއްސުމާއި ގުޅިގެން ''ދެ ނަމާދު ދޭތެރެ'' މި ބަހުގެ މާނަ އެކި ގޮތްގޮތަށް ކުރަމުންދާއިރު ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވެފައިވަނީ ދެ ނަމާދު ދޭތެރެ އޮޅުވައި ނުލެއްވުމަށް އިލްތިމާސްކުރައްވާފާއެވެ. އަޝްރަފު ވިދާޅުވި ގޮތުގައި ދެ ނަމާދު ދޭތެރެ އަކީ މަޣުރިބު ނަމާދާއި އިޝާ ނަމާދާއި ދެމެދުގެ ވަގުތެވެ.

އެހެންކަމުން ދިވެހިންނަކީ އިސްލާމް ދީނާއި ދިވެހި ސަގާފަތަށް ލޯބިކުރާ ބަޔަކަށް ވުމުން އެންމެ ކުޑަކުއްޖާއަށްވެސް ދެ ނަމާދު ދޭތެރެ އޮޅިފައެއް ނެތެވެ.

އަދި ރާއްޖެ އިސްލާމް ވީއްސުރެ މިއަދާއި ހަމައަށްވެސް ދިވެހިންނަކީ ދެ ނަމާދު ދޭތެރެއަށް ބަލައި އުޅޭ ބައެކެވެ. ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ އާދަކާދައިގެ މަތިން މިހާރުވެސް މަޣުރިބު ނަމާދާއި އިޝާ ނަމާދާއި ދެމެދުގެ ވަގުތުގައި ގިނަ ގޭގޭގައި ޔާސީން ސޫރަތް ކިޔަވައެވެ. ހުރިހާ ވަގުތެއްގައިވެސް ވީހާވެސް ގިނައިން ގުރުއާން ކިޔަވަންވީއެވެ. ނަމަވެސް މިއީ ދިވެހިންގެ ސަގާފަތާއި ގުޅިފައިވާ ކަމަކަށް ވުމުން ދެނަމާދު ދޭތެރޭގައި އަދިވެސް ޔާސީން ސޫރަތް ކިޔަވާ ގޭގެ އެބަހުއްޓެވެ.

ދިވެހިންގެ އާދަކާދައިގައިވާ ގޮތުގެ މަތިން މީގެކުރިން ދެނަމާދު ދޭތެރޭގައި ގޭގައި ޔާސީން ސޫރަތް ކިޔެވުމަކީ މަޖުބޫރު ކަމެކެވެ. ހާއްސަކޮށް މަދަރުސާއަށް ދާ އުމުރުގެ ކުދިންނަށެވެ. ސަބަބުތައް ބައިވަރެވެ. ޖެހިގެން އަންނަ ދުވަހު މަދަރުސާއަށް ދިއުމުން ރޭގައި ދެނަމާދު ދޭތެރޭގައި ގޭގައި ޔާސީން ސޫރަތް ކިޔެވީ ކޮން ކުދިންނެއްތޯ މުދައްރިސް ސުވާލުކުރައްވައި، ނުކިޔަވާ ކުދިންނަށް އަދަބުވެސް ދޭތީއެވެ. އަދިވެސް ދިވެހިންގެ ވަރަށްގިނަ ކަންކަން ކުރުމުގައި ދެނަމާދު ދޭތެރެއަށް ބަލައެވެ. ދިވެހންނަކީ އާންމުކޮށް ދެނަމާދު ދޭތެރޭގައި އަޅުކަމައިގެން އުޅޭ ބައެކެވެ. އެވަގުތުކޮޅުގައި ދިރިއުޅުމާއި ގުޅިފައި ހުރި އެއްވެސް ކަމެއް ނުކުރާއިރު ކުޑަކުއްޖަކު ގެއިން ބޭރަށްވެސް ނުނެރޭނެއެވެ. މިހާރުވެސް އެކަން އޮންނަނީ އެހެނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.