އީޒެޕުން ސޯސަން ފިހާރައާއެކު އެއްބަސްވުމުގައި ސޮއިކުރަނީ... ފޮޓޯ: އީޒެޕް
ވިޔަފާރި
01 Sep 2025 | 10:04
މިއަދުން ފެށިގެން ސޯސަން ފިހާރައިގެ ބައެއް ހޯލްސޭލް ޑެލިވަރީވެސް އީޒެޕުން

މަޝްހޫރު ސޯސަން ފިހާރައިން ވިއްކާ އުފެއްދުންތައް އީޒެޕް މެދުވެރިކޮށް ހޯލްސޭލް ކުރެވޭގޮތް ހަދައިފިއެވެ.

މިކަން ފެށުމަށްޓަކައި އީޒެޕާއި ސޯސަންފިހާރައާ ދެމެދު އެއްބަސްވުން ގާއިމްކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ސޯސަން ފިހާރައިން ހޯލްސޭލްކޮށް ގަންނަ އުފެއްދުންތައް އީޒެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭނުންވާ ތަނަކަށް ގެންގޮސްދެވޭނެއެވެ.

ސޯސަން ފިހާރައަކީ 1998 އަހަރުން ފެށިގެން ރާއްޖޭގެއެކި ކަންކޮޅުތަކަށް ދުނިޔޭގެ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތައް ފޯރުކޮށްދެމުން އަންނަ ހޯލްސޭލް ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ވިޔަފާރިއެވެ. ސޯސަން ފިހާރައަކީ ހޯލްސޭލްކުރުމުގައި އެންމެ ނަގާކިޔާ އެއް ފިހާރައެވެ. އެގޮތުން މަޝްހޫރު ޕަސްކުއާލް ޔޯގަޓުން ފެށިގެންގޮސް ޕިލްސްބަރީގެ އަޓާފުށް ފަދަ މުހިއްމު އެތައް ޕްރޮޑަކްޓެއްގެ މާކެޓްގައި އިތުބާރު ލިވިފައިވާ ސޯލް ޑިސްޓްރިބިއުޓަރެވެ.

އީޒެޕުން ބުނީ މިއަދުން ފެށިގެން އީޒެޕްގެ ކަސްޓަމަރުންނަށް މި ހިދުމަތް ލިބިގެންދާނޭކަމަށެވެ. މިއާއެކު ސޯސަން ފިހާރައިން ވިއްކާ މުހިއްމު ޕްެރޮޑަކްޓްތައް އީޒެޕުގެ ހޯލްސޭލް މޮޑިއުލް މެދުވެރިކޮށް އޯރޑަރ ކުރެވޭނެއެވެ.

އީޒެޕް އަދި ސޯސަން ފިހާރައިގެ ޓީމް..

ސޯސަން ފިހާރައިގެ މެނޭޖްމަންޓުން ބުނީ، އީޒެޕް މެދުވެރިކޮށް ހޯލްސޭލްކޮށް ގަންނަ މުދާތައް ޑެލިވަރީކުރެވޭނެ ގޮތް ވެގެންދިއުމަކީ،  ފިހާރަތަކުގެ ވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމުގައިވާނެ ކަމަށެވެ.

ހާއްސަކޮށް ކުދި އޯޑާ ޖަހަން ބޭނުންވާ ފިހާރަތަކަށާއި ރެސްޓޯރަންޓްތަކަށް ސޯސަން ފިހާރައިގެ ޕްރޮޑަކްޓްތައް ފަސޭހަ ކަމާއެކު އޯޑަކޮށްލައިގެން ހޯދޭނެ ފަސޭހަ ގޮތެއްކަމުގައި ވެގެންދާނެ ކަމަށް އުއްމީދު ކުރާކަމަށް އެ ފިހާރައިން ބުންޏެވެ.

އީޒެޕް ގެ ސީއީއޯ އަދި ސީއެފްއޯ މިއުވާން ވިދާޅުވީ ސޯސަން ފަދަ ގިނަދުވަސްވީ އަދި ދިވެހީންގެ އިތުބާރު ލިބިފައިވާ ބްރޭންޑެއް އީޒެޕްއަ ގުޅުމަކީ އީޒެޕްގެ އިތުރުން ރާއްޖޭގެ ވިޔަފާރި ޑިޖިޓައިޒޭޝަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

އީޒެޕްއުން ސޯސަން ފިހާރައިގެ ޕްރޮޑަކްޓްތައް ތެރެއިން ފުރަތަމަ ޑިޖިޓަލީ އޯރޑަރ ޖެހޭ ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނެނީ، ޝާން، ޕަސްކުއާލް، ރެމިއާ، ރިއަލް ތައި، ޕިލްސްބަރީ، އަދި ޑެލި ސަން އެވެ.

އީޒެޕް އާއި ސޯސަން ފިހާރައިން ބުނެފައިވަނީ މިއީ އަދި ފެށުމެއްކަމަށާއި ކުރިއަށް އޮތްތާނގައި ކަސްޓަމަރުންގެ ފީޑްބެކަށް ބަލައި ޕްރޮޑަކްޓްތައް އިތުރުކޮށް ޑިޖިޓައިޒްޑް ފްލޯތަކާއި ޑެލިވެރިީއަށް ބަދަލުތައް ގެނެވޭނެކަމަށެވެ.

އީޒެޕަކީ ވަރަށްގިނަ ހިދުމަތްތަކެއް އެކުލެވޭގޮތަށް ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ސުޕަ އެޕްލިކޭޝަނެވެ. މި އެޕް ތަރައްގީކޮށްފައިވަނީ ރާއްޖޭގައި މިހާރު ދެވޭ ގިނަ ޚިދުމަތްތައް ހިމަނައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.