ޖައިޝަންކަރު އަދި ސަރްގޭ ލަވްރޯފް.. ފޮޓޯ: އެމްއެސްއެން
ދުނިޔެ
18 Aug 2025 | 13:19
ޖައިޝަންކަރާއި ލަވްރޯފް ބައްދަލުކުރައްވަނީ

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް އާއި ބުރާސްފަތި ދުވަހު މޮސްކޯގައި ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

ރަޝިޔާގެ ޚާރިޖިއްޔާއިން ބުނީ ދެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރަޝިޔާއާއި އިންޑިއާގެ ބައިލޭޓަރަލް ގުޅުމާއި ބެހޭ ގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. މިއީ އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމުގެ އެއް ހުއްޖަތެއްގެ ގޮތުގައި، އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން އެމެރިކާއިން މައްސަލައަކަށް ހެދިފަހުން އިންޑިއާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ބާއްވާ ފުރަތަމަ ބައްދަލުވުމެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގައި އިންޑިއާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު އަޖިތު ދޯވާލް ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި ބައްދަލުކުރައްވާފައެވެ.

މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ޝަންހާއީ ކޯޕަރޭޝަން ކައުންސިލްގެ ބައްދަލުވުމުގެ ހަވާސާގައިވެސް ޑރ. ޖައިޝަންކަރާއި ލަވްރޯފް ބައްދަލުކުރައްވާފައިވެއެވެ. އިންޑިއާއާއި ރަޝިޔާގެ ބައްދަލުވުންތައް އިތުރުވަމުންދާއިރު، މިދިޔަ ޖޫން މަހު ޗައިނާގެ ގިންދާއޯގައި ކުރިއަށްދިޔަ ޝަންހާއީ ކޯޕަރޭޝަން ކައުންސިލްގެ ދިފާޢީ ވަޒީރުންގެ ބައްދަލުވުމުގެ އިންޑިއާގެ ދިފާޢީ ވަޒީރު ރަޖްނާތު ސިންހާއި ރަޝިޔާގެ ދިފާޢީ ވަޒީރު އަންދްރޭ ބެލަސޯވް ބައްދަލުކުރައްވާފައިވެއެވެ.

އިންޑިއާ-ރަޝިޔާ ގުޅުން ބަދަހިވަމުން އަންނައިރު، މި އަހަރުގެ ފަހުކޮޅު ޕުޓިން އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް އިންޑިއާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ވަނީ ހާމަކުރައްވާފައެވެ. އަޖިތު ދޯވާލް ވިދާޅުވީ މިއަހަރުގެ ފަހުކޮޅު ޕުޓިން އިންޑިއާއަށް ވަޑައިގަންނަވާ ދަތުރުފުޅަށް އިންޑިއާއަށް އިންތިޒާރުކުރަމުންދާކަމަށާއި، ތާރީޚެއް މިހާރު ފައިނަލް ކުރެވިފައިވާނެކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ