ފިޖީގެ ބޮޑުވަޒީރާއި އިންޑިއާގެ ބޮޑުވަޒީރު
ދުނިޔެ
27 Aug 2025 | 08:20
ފިޖީގެ ބޮޑުވަޒީރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، ފިޖީގެ ބޮޑުވަޒީރު ސިތިވޭނީ ލިގަމަމަދާ ރަބޫކާ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވއިފިއެވެ.

އާދިއްތަ ދުވަހުން މިއަދުގެ ނިޔަލަށް ކުރެއްވި މި ދަތުރުފުޅުގައި ރަބޫކާ ވަނީ އިއްޔެ އިންޑިއާގެ ރައީސް ޑްރޮޕަދީ މުރްމޫ އާއި އިއްޔެ ރަޝްތްރަޕަތީ ބަވަންގައި ބައްދަލުކުރައްވާފައެވެ. މުރްމޫ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ފިޖީއަށް ފުރަމާނަ ދަތުރުފުޅެއްވެސް ކުރައްވާފައެވެ. އިއްޔެގެ ބައްދަލުވުމުގައި މި ދަތުރުފުޅުގައި ފިޖީއިން އެކަމަނާއަށް ދެއްވި މެހުމާންދާރީއަށް ރައީސް މުރްމޫ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ރަބޫކާ ވަނީ އިއްޔެ ދިއްލީގެ ހައިދަރްއާބާދު ހައުސްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާފައެވެ. އިއްޔެ ދެގައުމުގެ މެދުގައި ބޭއްވި މަޝްވަރާތަކުގައި، ދެގައުމުގެ މެދުގައި އެކި ދާއިރާތަކުން، ޚާއްސަކޮށް ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ޚާއްސަކޮށް މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މުހިއްމު މަޝްވަރާތަކެއް ކުރެވުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.