ޖަޕާންގެ ބޮޑުވަޒީރާ މޯދީ ބައްދަލުކުރައްވަނީ
ދުނިޔެ
30 Aug 2025 | 10:07
މޯދީއާއި ޝިގޭރޫގެ ޓޯކިޔޯގައި ބައްދަލުކުރައްވައިފި

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ދެގައުމުގެ މެދުގައި އިޤްތިޞާދީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ މި މަޝްވަރާތައް ކުރިއަށް ދިޔައީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައެވެ. ޝަންހާއީ ކޯޕަރޭޝަން ކައުންސިލްގެ ބައްދަލުވުމަށް ޗައިނާއަށް ވަޑައިގެންނެވި މަގުމަތީ، މޯދީ ވަނީ ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅާއި މަޝްވަރާތައް ދިމާވެފައި މިވަނީ ނިއުދިއްލީ އިން އެމެރިކާގެ އައު ޓެރިފްތަކާ ކުރިމަތިލަމުންދާ، އަދި ޓޯކިޔޯ އިން އިރުމަތީ އޭޝިއާ ސަރަހައްދުގައި ޗައިނާގެ އިތުރުވަމުންދާ ނުފޫޒު ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅަކާއެވެ.

"ޖަޕާނާއި އިންޑިއާ އިން އެއްބަޔަކު އަނެއްބައެއްގެ ބާރުތަކުން ފައިދާ ހޯދައި، އެއްބަޔަކު އަނެއްބައެއްގެ ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެ، އަދި ކުރިމަގުގެ ޖީލުތަކަށް ކުރިމަތިވާނެ މައްސަލަތައް ވެސް އެކުގައި ހައްލުކުރަން މަސައްކަތް ކުރަންވާނެ،" ދެ ބޮޑުވަޒީރުންގެ ބައްދަލުވުމަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑުވަޒީރު އިޝިބާ ވިދާޅުވިއެވެ. މި ދެ ލީޑަރުން ވަނީ އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ކުރިއަށް އޮތް ދިހަ އަހަރު ދިފާޢީ އެއްބާރުލުން އިތުރުކުރުމަށާއި، ސަޕްލައި ޗެއިންތަކާއި އިންވެސްޓްމަންޓްތައް ވަރުގަދަކުރުމަށާއި، އާޓިފިޝަލް އިންޓެލިޖެންސް، ޖައްވު، ހައިސްޕީޑް ރޭލް އަދި އެހެނިހެން ޓެކްނޮލޮޖީތަކުގެ ދާއިރާއިން އެއްބާރުލުން ފުޅާކުރުމަށް އެއްބަސްވެފައެވެ. އަދި ހުނަރުވެރި މަސައްކަތްތެރިން އެއްގައުމުން އަނެއް ގައުމަށްގޮސް މަސައްކަތްކުރުމުގެ މަގު މިހާރަށްވުރެ ބޮޑަށް ހުޅުވާލުމަށްވެސް ދެބޭފުޅުން އެއްބަސްވެވަޑައިގަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.