ފިޖީ އާއި އިންޑިއާގެ ބޮޑުވަޒީރުން.. ފޮޓޯ: އިންޑިއާ ޓީވީ
ދުނިޔެ
30 Aug 2025 | 20:21
ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ފިޖީގެ ތާއީދު އިންޑިއާއަށް

ކުރިއަށްއޮތް 2028 ވަނަ އަހަރު އދގެ ސަލާމަތީ މަޖިލީހަށް އިންޑިއާ އިންތިޚާބުކުރުމަށް ފިޖީގެ ތާއީދު ލިބޭނެކަމަށް ފިޖީއިން ހާމަކޮށްފިއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ 2028-2029 ގެ ދައުރުގައި އެ ކައުންސިލްގެ ދާއިމީ ނޫން މެމްބަރު ޤައުމުތަކުގެ ތެރެއިން އިންތިޚާބު ކުރާ، އޭޝިއާ ގްރޫޕްގެ އެއް ޤައުމުގެ ސީޓަށް އިންޑިއާއިން ވާދަކުރެއެވެ. ފިޖީ އިން އިންޑިއާގެ ކެންޑިޑޭޗަރއަށް ތާއީދުކުރާކަން އެގައުމުން ހާމަކުރީ ފިޖީގެ ބޮޑުވަޒީރު މިހަފްތާގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ދެގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައެވެ.

ދެގައުމުންވެސް ވަނީ އދ އާއި ޚާއްސަކޮށް ސަލާމަތީ މަޖިލީހުގެ މަސައްކަތްތައް ވަރުގަދަކޮށް، އދގެ އިސްލާހީ މަސައްކަތްތައް ފުޅާކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނާއި ދާއިމީ ނޫން މެމްބަރުންގެ އަދަދު އިތުރުކުރުމަކީވެސް މުހިއްމު ކަމެއްކަމަށް ދެ ގައުމުގެ ބޮޑުވަޒީރުންވެސް އެއްބަސްވެލައްވައެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް އިންޑިއާއަށް ދިނުމަށާއި، އެފްރިކާ ސަރަހައްދަށްވެސް ދާއިމީ ގޮނޑިއެއް ދިނުމަށް ގިނަ ބަޔަކު ވަކާލާތުކުރެއެވެ. 2028 ވަނަ އަހަރު ފެށޭ ދައުރަށް އިންޑިއާ އިންތިޚާބު ވެއްޖެނަމަ މިއީ އެގައުމު ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް އިންތިޚާބުވާ 9 ވަނަ ދައުރަށް ވާނެއެވެ. މި އިންތިޚާބުގައި އިންޑިއާއަށް ދިވެހިރާއްޖޭގެ ތާއީދު ލިބޭނެކަން 2023 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުގައި ވަނީ އިންޑިއާއަށް އަންގާފައެވެ.

މި އިންތިޚާބު އޮންނާނީ 2027 ވަނަ އަހަރުގެ ޖޫން މަހު، އދގެ އާއްމު މަޖިލީހުގައި، އެމަޖިލީހުގެ 81 ވަނަ ދައުރުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.