ހިންމަފުށީ ރިހެބް ސެންޓަރު... ފޮޓޯ: އެޗްއާރުސީއެމް
ހަބަރު
09 Sep 2025 | 09:52
ހިންމަފުށި ޑްރަގް ރިހެބްގައި ފުލުހުން އޮޕަރޭޝަނެއް ހިންގަނީ

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ވަނީ މިކަން މީޑިއާތަކަށް ޔަގީންކޮށްދީފައެވެ. ނަމަވެސް އެތަނުގައި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނާ ގުޅުންހުރި އެއްވެސް ވާހަކައެއް ހިއްސާއެއް ނުކުރެއެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ވަނީ އެ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓަލިޖަންސް ޔުނިޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގަމުންގެންދާ އޮޕަރޭޝަނެއްކަމަށް މީޑިއާއަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން ވަކި އެއްޗެއް ހޯދުމަށް ފުލުހުންގެ ޓީމުން އެތަނުގެ ތަންތަން ބަލާފާސްކުރާކަމަށް ލުބްނާ ވިދާޅުވިއެވެ.

އާއްމު އުސޫލުން ދޭތެރެއަކުން ފުލުހުން ރިހެބްގައި އޮޕަރޭޝަންތައް ހިންގާއިރު، މީގެ ކުރިންވެސް މިފަދަ އޮޕަރޭޝަންތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

ހިންމަފުށީގައި ހިންގަމުން އަންނަ ރިހެބަކީ މަސްތުވާތަކެތިން ސަލާމަތްވުމަށް ޑުރަގް ރިހެބިލިޓޭޝަން ފަރުވާދިނުމަށް އަތޮޅޫގެ ރަށެއްގައި ގާއިމްކުރި ފުރަތަމަ މަރުކަޒެވެ. ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް އެ ސެންޓަރުގެ ވެއިޓިންގެ ލިސްޓުގައި ގިނަ ބަޔަކު ތިބެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި މިހާރު އެންމެ ކަންބޮޑުވާ އެއް މައްސަލައެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން ވަރަށް ފަހުން ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންށް ފަރުވާދިނުމަށް ބޭނުންވާ ސެންޓަރުތައް ހިންގުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލާފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.