މެމްބަރު ސުޖާއު އަދި ރައީސް ޔާމީނު..
ހަބަރު
09 Sep 2025 | 11:58
ޔާމީންގެ ބޮޑެތި ތުހުމަތުތަކެއް ޝުޖާއުއަށް: އާންމު މީހެއްގެ އަތުން ހޯދީ ރިޝްވަތު

ބާރަށު ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީ ޕީޖީގެ ނައިބު ލީޑަރު، އިބްރާހިމް ޝުޖާއުއަށް އަމިއްލަ މީހެއްގެ އަތުން ލިބުނު ފައިސާއަކީ ރިޝްވަތުގެ ފައިސާ ކަމަށާއި، އެއީ މަނީލޯންޑަރިންގެ ޢަމަލެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޤަވާއިދުގެ 75 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް، މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ޢާންމުކޮށްފައެވެ. އެގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ މާލީ ބަޔާން ވެސް އާންމުކުރައްވާފައިވާއިރު، އެ ބަޔާނުގައި ދެ ބިމަކާއި، ފްލެޓެއްގެ އިތުރުން ރޯހައުސްއެއް ގަތްކަމުގެ މައުލޫމާތު ހިމަނާފައިވެއެވެ. 

އަދި އެ މުދަލުގެ ތެރެއިން ހުޅުމާލޭގެ ރޯހައުސްއަކީ ވަޒީފާ އަދާކުރަމުންދާ ކުންފުނިން ހަދިޔާގެ ގޮތުގައި ދިން ތަނެއް ކަމަށާއި ބާކީ ހުރި ތިން މުދަލަކީ ވެސް ލޯނުގެ ގޮތުގައު ލިބުނު ފައިސާ އިން ގަތް މުދާ ކަމަށް އެ ބަޔާނުގައި ހިމަނާފައިވެއެވެ. 

އެކަމަށް އިޝާރަތްކުރައްވަމުން އިދިކޮޅު ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މަޖިލިސް މެންބަރުން އަމިއްލައަށް ތައްޔާރުކުރާ މާލީ ބަޔާންތަކަކީ އޮޑިޓަރަކު ބަލައި ވެރިފައިކުރާ ބަޔާންތަކެއް ނޫންކަމަށެވެ. އެއާއެކު އެ ބަޔާންތަކުގެ ހިސާބުތައް ދިމާނުވާ މައްސަލަ ދިމާވާ ކަމަށާއި، އެ ބަޔާންތަކަށް ހުށަހަޅަނީ އެ މެންބަރުންގެ މިލްކިއްޔާތުގައި ހުރި ހުރިހާ އެއްޗެއް ނޫން ކަމަށެވެ. 

މި މީހުން އަމިއްލައަށް ތައްޔާރުކުރާ މާލީ ބަޔާން، މި ބަލާނެ މީހަކު ވެރިފައި ކުރާޏެ މީހަކު ނޫޅޭ، މިއީ އޮޑިޓަރެއް ލައްވައި ސެޓިފައިކޮށްފައި ފޮނުވާ އެއްޗެއް ނޫން. އަނެއްކާ ވެސް މީގެން މިނުކުންނަ ކަމަކީ ހިސާބު ދިމާނުވާ މައްސަލަ. މި ހަދަނީ ފުލް ޑެކްލެރޭޝަނެއް ނޫން. ފުރަތަމަ މި މީހުންގެ މިލްކިއްޔާތުގައި ހުރި ހުރިހާ އެއްޗެއް ނޫން މި ހުށަހަޅަނީ. އެހެންވީމާ އެއްބައި އަޑި ނޭނގޭ އެތައް ކަމެއް ވެއްޖެ އިނގޭތޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީން

އެއާއެކު މެންބަރު ޝުޖާއުގެ މާލީ ބަޔާނަށް އިޝާރަތްކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، މެންބަރު ޝުޖާއުގެ ބަޔާނުގައި ފަހާގަކޮށްފައިވާ ގޮތުން ލިބިވަޑައިގެންނެވި ބޮޑެތި އަދަދުތަކުގެ ފައިސާތަކަކީ ހަދިޔާ އާއި ލޯނުގެ ގޮތުގައި ލިބުނު ފައިސާތައް ކަމަށެވެ. އެހެން ނަމަވެސް އެ ލޯނާއި ފައިސާތައް ދިން ފަރާތެއް ނޭނގޭ ކަމަށާއި، ބޭންކަކުން އެ އަދަދުތަކުން ލޯނު ދޭނަމަ ބޭންކަށް މެންބަރު ޝުޖާއުގެ ޑިކްލެރޭޝަން އެނެގެންވާނެ ކަމަށެވެ.

އަދި ޝުޖާއުގެ މާލީ ބަޔާނުގައި ހުރީ ހުސް އިންވެސްޓްމެންޓްތައް ކަމަށާއި، މެންބަރުގެ ލިކުއިޑް އެސެޓުތައް ކޮބައިތޯ ޔާމީން ވަނީ ސުވާލުއުފައްދަވާފައެވެ. އަދި އަމިއްލަ މީހަކު އެހާ ގިނަ ފައިސާ ނުދޭނެ ކަމަށާއި، ދީފައިވާ ފައިސާތަކަކީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ޢަމަލެއް ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ. 

އަމިއްލަ މީހަކު ނުދޭނެ މި ލާރިއެއް. ދެން ހަދިޔާގެ ގޮތުގައި ދީފައި ތިއޮތީ އަމިއްލަ މީހަކު މީނާ އަތަށް ކޮންމެވެސް ރިޝްވަތުގެ ކަމެއް މިއީ. އެއީ މަނީލޯންޑާ ކޮށްފައި މިއޮތީ އިނގޭތޯ. އެހެންވީމާ ލޯނުގެ ގޮތުގައި މި ފައިސާ ލިބެނީ ކޮންތާކުން ހެއްޔޭ. މިއީ ހަމަގައިމު ވެސް ފައިނޭންޝަލް އިންސްޓިއުޝަނަކުން ނަގާ ލޯނެއް ނޫން. އެހެންކަމަށް ވަންޏާ އޭނަގެ އެސެޓުހުންނަން ވާނެ. ބޭންކް އެކައުންޓެއް މީނާ ޑިކްލެރޭޝަނެއް ނަހަދާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ މެންބަރުން ތައްޔާރުކުރާ މާލީ ބަޔާންތަކަކީ ތާކުން ތާކުން ޖެހޭ އެއްޗެއް ނޫން ކަމަށާއި، އެ ބަޔާންތަކަކީ އިޖުރާއަތްތައް ފުރިހަމަކުރުމަށް ހުށަހަޅާ ބަޔާންތަކެއް ކަމަށެވެ. އެހެން ނަމަވެސް އެ ބަޔާންތައް ހުށަހަޅާއިރު ވެސް، ދެކޮޅު "ޖައްސާލައިގެން މިކަން ކުރަން މި މީހުންނަށް ނޭނގޭ" ކަމަށާއި، އެ ބަޔާންތަކުން އެ މެންބަރުން އަމިއްލައަށް ފަޟީހަތް ވަނީ ކަމުގައި ވެސް ޔާމީން ވިދާޅުވިއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.