ކަތަމަންޑޫ މަގެއް... ފޮޓޯ: ރޫޓިން އޮފް ނޭޕާލް
ދުނިޔެ
13 Sep 2025 | 14:10
މުޒާހަރާތަކަށްފަހު، ނޭޕާލް އާދައިގެ ހާލަތަށް

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ޖެންޒީން ކުރިއަށްގެންދިޔަ ވަރުގަދަ މުޒާހަރާތަކަށްފަހު ކަތަމަންޑޫގެ ހާލަތު ހަމަޔަކަށް އެޅެން ފަށައިފިއެވެ.

ޖެންޒީން ކުރިއަށްގެންދިޔަ މުޒާހަރާތަކަށްފަހު އެޤައުމުގެ ބޮޑުވަޒީރަކަށް ހުރި ކޭޕީ ޝަރްމާ އިސްތިއުފާދެއްވިއިރު، އިއްޔެ ވަނީ އައު އެޤައުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އައު ބޮޑުވަޒީރަކު އިންތިހާބުކޮށްފައެވެ.

ނޭޕާލްގެ ވަގުތީ ބޮޑުވަޒީރަކަށް އައްޔަނުކޮށްފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީއެވެ. އެކަމަނާ ބޮޑުވަޒީރުކަމަށް އައްޔަނުކޮށްފައިވަނީ ގިނަ އަދަދެއްގެ ރައްޔިތުން އެކަމަށް އެދިފައިވަނިކޮށެވެ. އެއާއެކު ސުޝީލާ ހިމެނެނީ ނޭޕާލްގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށެވެ.

އައު ބޮޑުވަޒީރު ސުޝީލާ މަގާމުގެ ހުވާކުރެއްވުމަށްފަހު.. ފޮޓޯ: ރޫޓިން އޮފް ނޭޕާލް

ކަތަމަންޑޫގެ މިހާރުގެ ހާލަތަށް ބަލާއިރު، އައު ބޮޑުވަޒީރު އިންތިހާބުކުރުމާއެކު ކުރިން ކަތަމަންޑޫގެ މަގުތަކުން ފެނިގެންދިޔަ ޖެންޒީންގެ މުޒާހަރާތައް ހުއްޓާލައި، ގިނަ މީހުން މިހާރު އުޅެނީ މަގުތައް ސާފްކުރުމާއި ސަލާމަތީ ބާރުތަކަށް އެހީތެރިވުމުގައެވެ. މަޝްރަހަށް ބަލައި ގިނަ ހިސާބުތަކުން ކާފިއުގެ ހާލަތު ނަގާފައިވާއިރު، ކަތަމަންޑޫގެ މަގުތައް މިހާރު ފެންނަނީ އާދައިގެ ހާލަތެވެ. އެގޮތުން މީހުން ދަތުރުފަތުރުކުރަން ނިކުތުމާއި، ގިނަ އޮފީސްތަކަކުން ވަނީ ހިދުމަތްތައް ދޭން ފަށާފައެވެ. 

ކަތަމަންޑޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ހިދުމަތް ފަށާފައިވައިރު، ޓްރެވަލް އޭޖެންޓުން ވަނީ ފަތުރުވެރިން ނޭޕާލަށް ޒިޔާރަތްކޮށް ކަތަމަންޑޫއަށް އައުމުގައި މިހާރު ނުރައްކާތެރިކަމެއް ނެތް ބުނެފައެވެ. 

ޖެންޒީން ނޭޕާލްގެ މަގުތަކަށް ނިކުމެ، މުޒާހަރާތައް ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. މުޒާހަރާތައް އެންމެ ހޫނުވެ ހަމަނުޖެހުމަކަށް ގޮސްފައިވަނީ މިދިޔަ އަންގާރަދުވަހެވެ. އެދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކުގައި ސަރުކާރުގެ އިސްވެރިންގެ ގެކޮޅަށްވަދެ ހުޅުޖަހައި ބައެއް ވަޒީރުން ވަނީ ގަންހިންގުވާފައެވެ. އެދުވަހުގެ މުޒާހަރާތަކުގައި ފުލުހުންނާ ޖެންޒީންގެ ގްރޫޕްތަކާ ދެމެދު ހިނގި ހަމަނުޖެހުން ބޮޑުވެ، ބައެއް މީހުންގެ ފުރާނަ ގެއްލި ސަރުކާރުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން ބޮޑުވަޒީރު ކޭޕީ ޝަރުމާ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

ނޭޕާލްގެ ޖެންޒީން މުޒާހަރާއަށް ނިކުމެފައިވަނީ، ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމުމާއި، ސަރުކާރުގެ ބައެއް ވެރިން އިންތިހާއަށް ކޮރަޕްޓްވަމުންދާކަމަށް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ކުޑަކުދިންގެ ކެންސަރު: ބެލެނިވެރިން ދެނެގަންނަންޖެހޭ މުހިންމު ކަންކަން
ކުޑަކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ކޮންމެ ޢާއިލާއެއްގެވެސް އެންމެ ބޮޑު އުއްމީދަކީ ދަރިންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމެވެ. ނަމަވެސް، ހީވެސް ނުކުރާ ފަދަ ބޮޑެތި ބަލިތައް ކުޑަކުދިންނަށް ކުރިމަތިވުމަކީ މުޅި ޢާއިލާގެ ދިރިއުޅުން ބަދަލުކޮށްލާ ކަމެކެވެ. މީގެ ތެރެއިން އެންމެ ބިރުވެރި އެއް ބައްޔަކީ ކެންސަރެވެ.
17 Sep 2026
ލޯނު ޚަލާޞްކުރިޔަސް ޒަރޫރީ މުދަލަށް ދައްޗެއް ނެތް
އިންޑިއާގެ ސްޓޭޓް ބޭންކުން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީ މިއަދު އެއްކޮށް ޚަލާޞްކޮށް، ތެލާއި ކާޑާއި ބޭހަށް ބޭރު ފައިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ދީފިއެވެ.
17 Sep 2026
ޕީއެންސީ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދޭން ފާސްކޮށްފި
ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
17 Sep 2026
ޗައިނާގެ އެންމެ ބޮޑެތި ބްރޭންޑްތަކުގެ ނަމުގައި "އަލީ" ހިމެނެނީ ކީއްވެ؟
1999 ވަނަ އަހަރު ޖެކް މާ (މާ ޔޫން) އެނާގެ 17 ރައްޓެހިންނާ އެކު ޗައިނާގެ ހެންޒޯގައި ހުރި އެޕާޓްމެންޓެއްގައި އަލީބާބާ ޑޮޓް ކޮމް އުފެއްދެވީ ވިޔަފާރިތައް ގުޅުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ނަން ނެގީ ޢަރަބި ފޯކްލޯ ވާހަކަ "ހާސް އެއް ރެއެއްގެ ވާހަކަ" ގައި ހިމެނޭ ޢަލީ ބާބާ ކެރެކްޓަރުންނެވެ. އެ ވާހަކައިގައި ޢަލީ ބާބާ އަކީ ފަޤީރު ދަރު ކެނޑުންތެރިއެއް ކަމަށާއި ވަގުންގެ ހޮހޮޅައެއްގެ ސިއްރު ހޯދައި "ހުޅުވާ ސިމްސިމް" މި ޖާދޫ ޢިބާރާތުން އެ ހޮހޮޅައަށް ވަންނަ ވާހަކައެވެ.
17 Sep 2026
ކުރީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައ
ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން އެއްކޮށް ދައްކައި ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުރިއަށް މިއޮތީ "މަގޭ ބިޓުގެ ވެޑިން" ގެ ވަދާޢީ ތިން ޝޯ
ކުރިއަށް އޮތީ ހަފްތާ ބަންދުކަމުން ބާރުބޮޑުވާނެތީ ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 9911229 ނަންބަރަށް ވައިބަރ ކުރުމުން ޓިކެޓް ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ
17 Sep 2026
ފުވައްމުލަކަށް ޑައިވިންގ އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ
އެ ޓޫރިސްޓު ހެނދުނު 9:02 ގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. އެ މީހާ ޑައިވިންއަށް ފޭބީ ހެނދުނު އަށެއް ޖެހި ހާއިރު ކަމަށް އެނގިފައިވެއެވެ.