ރައީސް ޑރ މުއިއްޒު އިންޑިޔާގެ ބޮޑުވަޒީރު މޯދީ އާއި އެކު. ފޮޓޯ:ރައީސް އޮފީސް
ހަބަރު
17 Sep 2026 | 11:38
ކުރީ ސަރުކާރުން އެސްބީއައި އިން ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައި ޚަލާޞްކޮށްފި

ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން އެއްކޮށް ދައްކައި ޚަލާޞްކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އެސްބީއައި މެދުވެރިކޮށް ނަގާފައިވާ މި ފެސިލިޓީގެ ތެރެއިން ބާކީ ދައްކަން އޮތް 50 މިލިއަން ޑޮލަރު މިއަދު  ދައްކައި ނިންމާފައިވާ ކަމަށެވެ. މިއީ މިއަދަށް މުއްދަތު ހަމަވާން އޮތް ބައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މީގެ ކުރިން ވަނީ މި ފެސިލިޓީގެ ފުރަތަމަ 50 މިލިއަން ޑޮލަރު މިއަހަރުގެ ޖަނަވަރީ މަހު އަދި ދެވަނަ 50 މިލިއަން ޑޮލަރު މެއި މަހުގެ 11 ވަނަ ދުވަހު ދައްކާފައެވެ. އެހެންކަމުން މިއަދު ދެއްކި ފައިސާއާއެކު ޖުމްލަ 150 މިލިއަން ޑޮލަރުގެ ދަރަނި މިހާރު ވަނީ އެއްކޮށް އަދާކޮށް ނިމިފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކާ ހަވާލާދީ ފިނޭންސް މިނިސްޓްރީން ބަޔާންކުރި ގޮތުގައި، 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. މީގެ އިތުރުން ތެލާއި، ކާބޯތަކެއްޗާއި އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފަދަ ޒަރޫރީ އަދި އަސާސީ ތަކެތި އިމްޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ސަރުކާރުން ވަނީ ފުރިހަމަކޮށްފައެވެ.

ދަރަނި އަދާކުރުމުގެ ސަބަބުން އަސާސީ މުދާ އެތެރެކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރަމުން ފިނޭންސުން ބުނީ، އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދައުލަތުގެ ދަރަނިތައް ޒިންމާދާރުކަމާއެކު ދެއްކުމަށްޓަކައި ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކޮށް، ދުރާލާ ތައްޔާރުވެގެން ކަނޑައެޅިފައިވާ ވަގުތަށް ދަރަނި އަދާކުރުމަށް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

އެ މިނިސްޓްރީން ބުނީ ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ދަމަހައްޓައި، ރިޒާވް ވަރުގަދަކޮށް، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުރިހަމައަށް ރައްކާތެރިކުރުން ކަމަށެވެ.

މިގޮތުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އެކުވެރި ޤައުމުތަކާއެކު ސަރުކާރުން ކުރިއަށްގެންދާ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.