ފިނޭންސް މިނިސްޓްރީ-
ހަބަރު
17 Sep 2026 | 12:47
ލޯނު ދެއްކި ނަމަވެސް ތެލާއި ކާޑު ލިބުމުގައި ދައްޗެއް ނެތް: މާލީ ވުޒާރާ

އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރު މިއަދު ދައްކައި ޚަލާޞްކޮށް ޒަރޫރީ މުދާ މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ދީފިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓަށް ނެގި މި ދަރަނީގެ ތެރެއިން ފުރަތަމަ 50 މިލިއަން ޑޮލަރު ޖެނުއަރީ 2024 ގައި ދެވަނަ 50 މިލިއަން ޑޮލަރު 11 މެއި 2024 ގައި މި ސަރުކާރުން ދައްކާފައިވެއެވެ. މިއަދުގެ ފައިސާ ދެއްކުމާ އެކު އެ ފެސިލިޓީ މުޅީން ޚަލާޞްވީއެވެ.

މާލީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ތެލާއި ކާޑާއި ބޭހުގެ އިތުރުން ޒަރޫރީ އެހެނިހެން މުދާ އެތެރެކުރުމަށް ބޭރު ފައިސާ ހޯދުމުގައި އެއްވެސް ހުރަހެއް ކުރިމައްޗެއް ނުވާނެއެވެ. ދަރަނި ދެއްކުމުގެ ސަބަބުން ފޮރިން ކަރެންސީ ދަތިވާނެ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ ވުޒާރާއިން ދޮގުކޮށް އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް 2026 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި ދަރަނި އަދާކުރަންޖެހޭ ތާރީޚުތަކަށް ދުރާލައި ތައްޔާރަށް ތިބުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި ތަރައްޤީގެ ބައިވެރިންނާ އެކު ކާމިޔާބު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި އެ މަޝްވަރާތަކުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަ ވާނެ ކަމަށް އެ ވުޒާރާއިން އުންމީދުކުރާ ކަމަށް ވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ކުޑަކުދިންގެ ކެންސަރު: ބެލެނިވެރިން ދެނެގަންނަންޖެހޭ މުހިންމު ކަންކަން
ކުޑަކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ކޮންމެ ޢާއިލާއެއްގެވެސް އެންމެ ބޮޑު އުއްމީދަކީ ދަރިންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމެވެ. ނަމަވެސް، ހީވެސް ނުކުރާ ފަދަ ބޮޑެތި ބަލިތައް ކުޑަކުދިންނަށް ކުރިމަތިވުމަކީ މުޅި ޢާއިލާގެ ދިރިއުޅުން ބަދަލުކޮށްލާ ކަމެކެވެ. މީގެ ތެރެއިން އެންމެ ބިރުވެރި އެއް ބައްޔަކީ ކެންސަރެވެ.
17 Sep 2026
ލޯނު ޚަލާޞްކުރިޔަސް ޒަރޫރީ މުދަލަށް ދައްޗެއް ނެތް
އިންޑިއާގެ ސްޓޭޓް ބޭންކުން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީ މިއަދު އެއްކޮށް ޚަލާޞްކޮށް، ތެލާއި ކާޑާއި ބޭހަށް ބޭރު ފައިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ދީފިއެވެ.
17 Sep 2026
ޕީއެންސީ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދޭން ފާސްކޮށްފި
ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
17 Sep 2026
ޗައިނާގެ އެންމެ ބޮޑެތި ބްރޭންޑްތަކުގެ ނަމުގައި "އަލީ" ހިމެނެނީ ކީއްވެ؟
1999 ވަނަ އަހަރު ޖެކް މާ (މާ ޔޫން) އެނާގެ 17 ރައްޓެހިންނާ އެކު ޗައިނާގެ ހެންޒޯގައި ހުރި އެޕާޓްމެންޓެއްގައި އަލީބާބާ ޑޮޓް ކޮމް އުފެއްދެވީ ވިޔަފާރިތައް ގުޅުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ނަން ނެގީ ޢަރަބި ފޯކްލޯ ވާހަކަ "ހާސް އެއް ރެއެއްގެ ވާހަކަ" ގައި ހިމެނޭ ޢަލީ ބާބާ ކެރެކްޓަރުންނެވެ. އެ ވާހަކައިގައި ޢަލީ ބާބާ އަކީ ފަޤީރު ދަރު ކެނޑުންތެރިއެއް ކަމަށާއި ވަގުންގެ ހޮހޮޅައެއްގެ ސިއްރު ހޯދައި "ހުޅުވާ ސިމްސިމް" މި ޖާދޫ ޢިބާރާތުން އެ ހޮހޮޅައަށް ވަންނަ ވާހަކައެވެ.
17 Sep 2026
ކުރީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައ
ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން އެއްކޮށް ދައްކައި ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުރިއަށް މިއޮތީ "މަގޭ ބިޓުގެ ވެޑިން" ގެ ވަދާޢީ ތިން ޝޯ
ކުރިއަށް އޮތީ ހަފްތާ ބަންދުކަމުން ބާރުބޮޑުވާނެތީ ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 9911229 ނަންބަރަށް ވައިބަރ ކުރުމުން ޓިކެޓް ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ
17 Sep 2026
ފުވައްމުލަކަށް ޑައިވިންގ އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ
އެ ޓޫރިސްޓު ހެނދުނު 9:02 ގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. އެ މީހާ ޑައިވިންއަށް ފޭބީ ހެނދުނު އަށެއް ޖެހި ހާއިރު ކަމަށް އެނގިފައިވެއެވެ.