އަލިބާބާ؛ ފޮޓޯ / ފޯރބްސް
ދުނިޔެ
17 Sep 2026 | 11:55
ޗައިނާގެ އެންމެ ބޮޑެތި ބްރޭންޑްތަކުގެ ނަމުގައި "އަލީ" ހިމެނެނީ ކީއްވެ؟

އިންޓަނެޓުން ވިޔަފާރިކުރާ ގިނަ ބަޔަކަށް އެންމެ ފަރިތަ ބައެއް ނަންތަކަކީ އަލީބާބާ އަލީއެކްސްޕްރެސް އަލީޕޭ ފަދަ ނަންތަކެވެ. މި ހުރިހާ ނަމެއްގައިވެސް "އަލީ" ހިމެނޭކަން ފާހަގަވެފައިވާނެއެވެ. މިއީ ހަމަ އިއްތިފާގެއް ނޫނެވެ. މި ހުރިހާ ބްރޭންޑެއްގެ ފެށުމަކީވެސް އެއް ވާހަކައެކެވެ.

1999 ވަނަ އަހަރު ޖެކް މާ (މާ ޔޫން) އެނާގެ 17 ރައްޓެހިންނާ އެކު ޗައިނާގެ ހެންޒޯގައި ހުރި އެޕާޓްމެންޓެއްގައި އަލީބާބާ ޑޮޓް ކޮމް އުފެއްދެވީ ވިޔަފާރިތައް ގުޅުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގައެވެ.

މި ނަން ނެގީ ޢަރަބި ފޯކްލޯ ވާހަކަ "ދަ ތައުސެންޑް އެންޑް ވަން ނައިޓްސް" ގައި ހިމެނޭ ޢަލީ ބާބާ ކެރެކްޓަރުންނެވެ. އެ ވާހަކައިގައި ޢަލީ ބާބާ އަކީ ފަޤީރު ދަރު ކެނޑުންތެރިއެއް ކަމަށާއި ވަގުންގެ ހޮހޮޅައެއްގެ ސިއްރު ހޯދައި "އޯޕަން ސެސަމީ" މި ޢިބާރާތުން އެ ހޮހޮޅައަށް ވަންނަ ވާހަކައެވެ.

ޖެކް މާ ސެން ފްރެންސިސްކޯގެ ކެފީ ޝޮޕެއްގައި އިންނެވި ދުވަހެއްގައި ވެއިޓްރެސް ކައިރީ "އަލީ ބާބާ" އެނގޭތޯ އެއްސެވީމާ އޭނާ ވަގުތުން ޖަވާބުދިނީ "އޯޕަން ސެސަމީ" މިހެންނެވެ. ދެން ޖެކް މާ މަގުމައްޗަށް ނުކުމެ އިންޑިއާ ޖަރުމަނު ޓޯކިޔޯ އަދި ޗައިނާގެ މީހުން ކައިރީ އެ ނަމާ ބެހޭ ގޮތުން ސުވާލުކުރިއެވެ. އެ އެންމެންނަށްވެސް ޢަލީ ބާބާ އެނގެއެވެ. އެހެންކަމުން ދުނިޔޭގެ ކޮންމެ ޤައުމެއްގެ ބަޔަކަށްވެސް ފަސޭހައިން ކިޔައި ފަސޭހައިން ހަނދާން ހުންނާނެ ނަމެއް ހޯދުމުގެ ވިސްނުމުގައި ޖެކް މާ "އަލީ ބާބާ" ޚިޔާރުކުރީއެވެ.

ޖެކް މާ ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ބުނީ "ޢަލީ ބާބާ އަކީ ވަގެއް ނޫނެވެ. ޢަލީ ބާބާ އަކީ ހެޔޮ ވިސްނުންތެރި ވިޔަފާރިވެރިއެކެވެ. އޭނާ އެ އަވަށުގެ މީހުންނަށް އެހީވިއެވެ.". އެ ނަމުގެ ފަލްސަފާ އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުގެ ދޮރު ހުޅުވައިދިނުމެވެ.

ދެން "އަލީ" ޖެހި ހުރިހާ ބްރޭންޑެއް އައީ މި އެއް ޢާއިލާގެ ތެރެއިންނެވެ. 2004 ވަނަ އަހަރު އޮންލައިން ޕޭމެންޓް ޕްލެޓްފޯމެއްގެ ގޮތުގައި އަލީޕޭ ލޯންޗުކުރެވުނެވެ. ހަމަ އެ އަހަރު ގަންނަ ފަރާތާއި ވިއްކާ ފަރާތް ގުޅުވައިދޭ އިންސްޓެންޓް މެސެޖިން ސޮފްޓްވެއާ "އަލީ ވޭންގްވޭންގް" ތަޢާރަފްކުރެވުނެވެ. 2007 ވަނަ އަހަރު އޮންލައިން މާކެޓިން ޕްލެޓްފޯމެއްގެ ގޮތުގައި "އަލީ މާމާ" ލޯންޗުކުރެވުނެވެ. 2009 ވަނަ އަހަރު ކްލައުޑް ކޮމްޕިއުޓިން ޚިދުމަތެއްގެ ގޮތުގައި "އަލީ ކްލައުޑް" ފެށުނެވެ. އަދި 2010 ވަނަ އަހަރު ބައިނަލްއަޤުވާމީ ފެންވަރުގައި ރީޓެއިލް ވިޔަފާރި ކުރެވޭ ޕްލެޓްފޯމެއްގެ ގޮތުގައި "އަލީ އެކްސްޕްރެސް" ތަޢާރަފްވީއެވެ.

މި ހުރިހާ ނަމެއްގައިވެސް "އަލީ" ހިމެނެނީ ވަރަށް ވިސްނުންތެރި ބްރޭންޑިން ސްޓްރެޓެޖީއެއްގެ ދަށުންނެވެ. އަލީބާބާ ގްރޫޕުން ގެންގުޅެނީ "މާސްޓާ ބްރޭންޑް" ގެ އުޞޫލެކެވެ. މައި ބްރޭންޑް ކަމަށްވާ އަލީބާބާގެ އަގު ވަޢުދު އަދި ފަލްސަފާ ދަށުގައި ހުންނަ ހުރިހާ ބްރޭންޑަކަށް ވާރުތަވާ ގޮތަށެވެ. އެހެންކަމުން އަލީޕޭ އަލީއެކްސްޕްރެސް އަލީކްލައުޑް ފަދަ ބްރޭންޑެއް ފެންނައިރު ކަސްޓަމަރުންނަށް ވަގުތުން އެނގެނީ އެއީ އަލީބާބާ ގްރޫޕުގެ ބައެއް ކަމެވެ. ޖެކް މާ ބުނީ "އަލީ މާމާ" ގެ ނަންވެސް ރެޖިސްޓާ ކުރީ ކޮންމެވެސް ބަޔަކު "ކައިވެންޏެއް" ކުރަން ބޭނުންވެދާނެތީ ކަމަށެވެ.

މިހާރު އަލީބާބާ ގްރޫޕަކީ ދުނިޔޭގެ އެންމެ ބޮޑެތި ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ބިޔަ ކުންފުންޏެކެވެ. 2026 ވަނަ މާލީ އަހަރުގައި އެ ކުންފުނީގެ އާމްދަނީ 148 ބިލިއަން ޑޮލަރަށް އެރީއެވެ. ޓާއޮބާއޮ އާއި ޓީމޯލްގައި އެކަނިވެސް 800 މިލިއަނަށް ވުރެ ގިނަ މީހުން މަހެއްގެ ތެރޭގައި ބޭނުންކުރާ އިރު އެ ކުންފުނީގެ ފުޅާ ނެޓްވޯކުގައި އަލީޕޭ ކެއިނިއާއޮ ލޮޖިސްޓިކްސް އަދި އަލީކްލައުޑް ހިމެނެއެވެ.

ސެން ފްރެންސިސްކޯގެ ކެފީ ޝޮޕެއްގައި ވެއިޓްރެސް ކައިރީ ކުރި ސުވާލަކުން އުފެދުނު ނަމެއް މިއަދު ދުނިޔޭގެ ކޮންމެ ކޮންމެ ގެއެއްގެ ފޯނުގައިވެސް ފެންނަ ނަމަކަށް ވެފައިވެއެވެ. "އަލީ" ގެ ބާރަކީ ވާހަކައެއްގެ ބާރެވެ. ދުނިޔޭގެ ކޮންމެ ތަނެއްގެ ކޮންމެ މީހަކަށްވެސް ކިޔާލެވޭ ހަނދާން ހުންނަ އަދި ކޮންމެ ބަހެއްގައިވެސް ދުލަށް ފަސޭހަ ނަމެއް ޚިޔާރުކުރީ ތިބާގެ ވިޔަފާރީގެ ދޮރު ދުނިޔެއަށް ހުޅުވައިލެވޭނީ އޭރުން ކަމުގައި ޖެކް މާ ޤަބޫލުކުރީތީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ޕީއެންސީ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދޭން ފާސްކޮށްފި
ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
17 Sep 2026
ޗައިނާގެ އެންމެ ބޮޑެތި ބްރޭންޑްތަކުގެ ނަމުގައި "އަލީ" ހިމެނެނީ ކީއްވެ؟
1999 ވަނަ އަހަރު ޖެކް މާ (މާ ޔޫން) އެނާގެ 17 ރައްޓެހިންނާ އެކު ޗައިނާގެ ހެންޒޯގައި ހުރި އެޕާޓްމެންޓެއްގައި އަލީބާބާ ޑޮޓް ކޮމް އުފެއްދެވީ ވިޔަފާރިތައް ގުޅުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ނަން ނެގީ ޢަރަބި ފޯކްލޯ ވާހަކަ "ހާސް އެއް ރެއެއްގެ ވާހަކަ" ގައި ހިމެނޭ ޢަލީ ބާބާ ކެރެކްޓަރުންނެވެ. އެ ވާހަކައިގައި ޢަލީ ބާބާ އަކީ ފަޤީރު ދަރު ކެނޑުންތެރިއެއް ކަމަށާއި ވަގުންގެ ހޮހޮޅައެއްގެ ސިއްރު ހޯދައި "ހުޅުވާ ސިމްސިމް" މި ޖާދޫ ޢިބާރާތުން އެ ހޮހޮޅައަށް ވަންނަ ވާހަކައެވެ.
17 Sep 2026
ކުރީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައ
ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން އެއްކޮށް ދައްކައި ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުރިއަށް މިއޮތީ "މަގޭ ބިޓުގެ ވެޑިން" ގެ ވަދާޢީ ތިން ޝޯ
ކުރިއަށް އޮތީ ހަފްތާ ބަންދުކަމުން ބާރުބޮޑުވާނެތީ ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 9911229 ނަންބަރަށް ވައިބަރ ކުރުމުން ޓިކެޓް ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ
17 Sep 2026
ފުވައްމުލަކަށް ޑައިވިންގ އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ
އެ ޓޫރިސްޓު ހެނދުނު 9:02 ގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. އެ މީހާ ޑައިވިންއަށް ފޭބީ ހެނދުނު އަށެއް ޖެހި ހާއިރު ކަމަށް އެނގިފައިވެއެވެ.
17 Sep 2026
ޕީއެންސީގެ ރިޔާސީ ޓިކެޓް މުޢިއްޒަށް ދިނުމަށް ގަރާރެއް ހުށަހެޅައިފި
2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ޕީއެންސީގެ ޓިކެޓް ރަސްމީކޮށް އެރުވުމަށް އެދި އެ ޕާޓީގެ މަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައި، އެކަމާ މެދު ގޮތެއް ނިންމުން ކުރިއަށް އެބައޮތެވެ.
17 Sep 2026
ހޫތީންނާ އެމެރިކާގެ އޮފިޝަލުންގެ ސިއްރު ބައްދަލުވުމެއް
ޔަމަނުގެ ހޫތީން އޮމާންގައި އެމެރިކާގެ އޮފިޝަލުންނާ މިދިޔަ ހަފުތާ ބަންދުގައި ބައްދަލުކޮށް، އެމެރިކާއާއި އިސްރާއީލުގެ އުޅަނދުތަކަށް ހަމަލާނުދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަސް މަސްދަރަކުން ހާމަކޮށްފިއެވެ.