ޕީއެންސީ މަތީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ ޕީއެންސީ
ހަބަރު
17 Sep 2026 | 11:04
ޕްރައިމަރީއަކާ ނުލައި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވުމުގެ ގަރާރެއް ހުށަހަޅައިފި

2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސައި، ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް އެރުވުމަށް އެދި އެ ޕާޓީގެ މަތީ މަޖިލީހަށް މިއަދު ޤަރާރެއް ހުށަހަޅައިފިއެވެ.

ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ގެ ރިޔާސަތުގައި ބޭއްވި މި ޖަލްސާއަށް މި ޤަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ޢާންމު މެންބަރެއް ކަމަށްވާ ޢަބްދުالله އިބްރާހީމެވެ.

ގަރާރު ހުށަހެޅުއްވި ފަރާތުން ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ ބިމުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ނެތްކަން ކަށަވަރުކުރައްވައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރެއްވުމުގެ އިތުރުން ކަނޑުގެ ސަރަޙައްދު ބެލެހެއްޓެވުމުގެ ޤާބިލުކަން ވެސް އިތުރުކުރައްވާފައިވެއެވެ.

އެއާ އެކު މާލީ ދަރަނީގެ މައްސަލަތަކަށް ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ހަރުދަނާ ފިޔަވަޅުތައް އެޅުއްވުމާއި އިޤްތިޞާދު ސިންދަފާތުކުރެއްވުމާއި ޑިޖިޓަލް މޯލްޑިވްސް 2.0 ފަދަ ޒަމާނީ ވަސީލަތްތައް ތަޢާރަފްކުރެއްވުމާއި ރަސްމާލެ ފަދަ ބޮޑެތި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގެވުން ވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރައްވާ ވަކާލާތު ވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ޕީއެންސީގެ އަސާސީ ޤަވާއިދުގެ 88 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވާނަމަ ޕްރައިމަރީއެއް ބޭއްވުމެއް ނެތި ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

 "ދިވެހި ޤައުމާއި އެންމެހާ ރައްޔިތުންގެ ދުރުމުސްތަޤުބަލަށާއި ލާބައާއި މަންފާއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒަށް ރިޔާސީ ދެވަނަ ދަޢުރެއް ދިނުމަކީ ޤައުމީ ވާޖިބެއް ކަމުގައި ދެކޭ ހިނދު. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ދަޢުރަކަށް ކުރިމަތިލައްވާ ވާދަކުރެއްވުމަށް ޕާޓީގެ އެންމެހާ މެންބަރުންގެ ފަރާތުން ދެންނެވުމަށްޓަކައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މަތީ މަޖިލީހުން މި ޤަރާރު އެއްކަށަވަޅަ އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދަޢުރަކަށް ވާދަކުރެއްވުމަށް ރަސްމީކޮށް ދެންނެވުމުގެ ގޮތުން މި ޤަރާރު މި މަޖިލީހުން ފާސްކުރެއްވުމަށް ހުށަހަޅަން" ގަރާރުގައި ބުނެފައިވެއެވެ.

މި ގަރާރު ފާސްކުރުމާ މެދު ޕީއެންސީގެ މަތީ މަޖިލީހުން ގޮތެއް ނިންމާނީ ކުރިއަށް އޮތް ތަނުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.