-
ދުނިޔެ
17 Sep 2026 | 10:40
ހޫތީންނާ އެމެރިކާގެ އޮފިޝަލުންގެ ސިއްރު ބައްދަލުވުމެއް؛ އެމެރިކާއާއި އިސްރާއީލުގެ އުޅަނދުތަކަށް ހަމަލާނުދޭނެކަމުގެ ޔަގީންކަން ދިން: ރިޕޯޓް

ޔަމަނުގެ ހޫތީން އޮމާންގައި އެމެރިކާގެ އޮފިޝަލުންނާ މިދިޔަ ހަފުތާ ބަންދުގައި ބައްދަލުކޮށް، އެމެރިކާއާއި އިސްރާއީލުގެ އުޅަނދުތަކަށް ހަމަލާނުދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަސް މަސްދަރަކުން ހާމަކޮށްފިއެވެ.

މި ބައްދަލުވުން ބާއްވާފައި މިވަނީ، ސައުދީގެ އެހީތެރިކަން ލިބޭ ފައުޖުތައް ފަހަތަށް ޖައްސައި، ރަތްކަނޑުގެ އައްސޭރިފަށުގެ މުހިންމު ސަރަހައްދުތަކެއް ހޫތީންގެ ބާރުގެ ދަށަށް ގެންދިޔަތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

ކުރިން ހާމަކޮށްފައިނުވާ މި ބައްދަލުވުން ބާއްވާފައިވަނީ މަސްކަޓްގައި ހުންނަ އެމެރިކާގެ އެމްބަސީގައެވެ. އަދި މި ބައްދަލުވުން އިންތިޒާމުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ އޮމާން ސަރުކާރުންނެވެ.

މި ބައްދަލުވުމުގައި ހޫތީން ވަނީ އެމެރިކާގެ އުޅަނދުތަކަށް ހަމަލާދިނުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި، 2025 ވަނަ އަހަރު އެމެރިކާއާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިހުތިރާމްކުރާނެ ކަމަށް ބުނެފައެވެ. މީގެއިތުރުން، ސައުދީ އަރަބިއްޔާގެ އުޅަނދުތައް ފިޔަވައި، އިސްރާއީލުގެ އުޅަނދުތަކަށާއި އެހެނިހެން ވިޔަފާރި އުޅަނދުތަކަށް ވެސް ހަމަލާނުދޭނެ ކަމަށް ހޫތީން ބުނެފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

މި ބައްދަލުވުމުގައި ހޫތީންގެ ފަރާތުން ބައިވެރިވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މުހައްމަދު އަބްދުއްސަލާމް އަދި އަބްދުލްމަލިކް އަލް-އަޖީރީއެވެ. އެމެރިކާގެ ފަރާތުން ބައިވެރިވީ އެމްބަސީގެ އިސް އޮފިޝަލުންނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ބައްދަލުވުން ސީދާ ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ރަތްކަނޑުގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެމެރިކާގެ މުހިންމު މަސްލަހަތެއް ކަމަށް ވަނީ ބުނެފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވަނީ އެމެރިކާއާއި ހޫޘީންނާ ދެމެދު ސީދާ މުއާމަލާތްތަކެއް ހިނގަމުންދާ ކަން ކުރިން ހާމަކުރައްވާފައެވެ.

ހޫތީން ވަނީ މިދިޔަ ހަފުތާގައި ޔަމަނުގެ ރަތްކަނޑުގެ މުޅި އައްސޭރިފަށާއި، މުހިންމު ބަނދަރެއް ކަމަށްވާ މޯޚާ އަދި ބާބުލް މަންދަބް ކަނޑުއޮޅީގައިވާ ޕެރިމް އައިލެންޑް ހިފާފައެވެ. މިއާއެކު ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، އެމެރިކާއިން ސީދާ މި ހަނގުރާމައިގެ ތެރެއަށް ނުވަންނާނެ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފައިވެއެވެ.

ހޫތީން ސައުދީއަށް ދޭ ހަމަލާތައް ވަރުގަދަކުރުން

އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، ހޫތީން ވަނީ ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެގޮތުން ޔަންބުއުގައި ހުންނަ އަރާމްކޯގެ ތެޔޮ މަރުކަޒަކަށާއި، ދެކުނުގެ ޚަމީސް މުޝައިތުގައިވާ ވައިގެ މަރުކަޒަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފައިވާ ކަމަށް ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވިއެވެ. އަދި ސައުދީގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފައިވާ ކަމަށް ވެސް ހޫތީން ދައުވާކުރެއެވެ.

މީގެއިތުރުން، އިސްލާމްދީނުގެ އެންމެ މުގައްދަސް ބިން ކަމަށްވާ މައްކާއަށް އަމާޒުކޮށް ހޫތީން ޑްރޯން ހަމަލާއެއް ފޮނުވާލި ކަމަށް ބުނެ ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެވެ. ސައުދީގެ ވައިގެ ދިފާއީ ބާރުތަކުން އެ ޑްރޯން ވައްޓާލާފައިވަނީ މައްކާގެ ދެކުނުންނެވެ. ހޫތީން މި ތުހުމަތު ދޮގުކުރި ނަމަވެސް، ސައުދީ އަރަބިއްޔާއިންނާއި، އަރަބި ލީގުން އަދި ގަތަރުން ވަނީ މުގައްދަސް ބިންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ދިން މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.