ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަނުކުރެއްވި ސުޝިލާ ކާރްކީ --
ހަބަރު
15 Sep 2025 | 16:35
ނޭޕާލަށް އައު ބޮޑުވަޒީރެއް، ރައީސް ތަހުނިޔާ ފޮނުއްވައިފި

ހަމަނުޖެހުންތަކާއި ގުޅިގެން ވެރިކަން ވެއްްޓުނު ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަގާމަށް ސުޝިލާ ކާރްކީ އައްޔަންކުރައްވައިފި އެވެ.

އެކަމަނާ އަކީ އެ ގައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރެވެ. މަގާމުން ސަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ ސުޝިލާ އަކީ ނޭޕާލްގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. 

ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަގާމަށް ސުޝިލާ ކާރްކީ އައްޔަންކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމަނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެކަމަނާ އަކީ ނޭޕާލްގެ ތާރީހުގައި، ފުރަތަމަ ފަހަރަށް އައްޔަންކުރެވުނު އަންހެން ބޮޑުވަޒީރުކަން ފާހަގަކުރައްވައި، އެއީ މުހިންމު ކާމިޔާބީއެއްކަން ފާހަގަ ކުރައްވާފައިވެ އެވެ. އަދި އެކަމަނާގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގައި، ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ އައު ބޮޑުވަޒީރަށް ކާމިޔާބީ އާއި، ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، ނޭޕާލްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

ބޭނުންވި މަގާމެއް ނޫން, މަގާމުގައި ހުންނަވާނީ ހަ މަހު

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ޖެންޒީން ކުރިއަށްގެންދިޔަ ވަރުގަދަ މުޒާހަރާތަކަށްފަހު އޭރު އޮތް ސަރުކާރު ވަނީ ވެއްޓިފަ އެވެ.

ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ މަގާމުން އިސްތިއުފާ ދެއްވީ މުޒާހަރާތައް ވަރަށް ބޮޑަށް ހޫނުވެ ދައުލަތުގެ އިދާރާތަކުގައި ހުޅުޖަހާ ވަޒީރުން ހަވަރަށް ދޭން ފެށުމުންނެވެ. ބޮޑުވަޒީރުގެ ގެކޮޅު ލޫޓުވާ ގާނޫނު ހަދާ މަޖިލީހުގައި ހުޅުޖެހި އެވެ.

ނޭޕާލްގެ ކަންކަމާއި އަސްކަރިއްޔާއިން ހަވާލުވުމާއެކު ހަމަނުޖެހުންތައް ކޮންޓްރޯލް ވި އެވެ. އަދި މުޒަހާރާގެ ބައިވެރީންނާއެކު ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށި އެވެ. ގިނަ ބަޔަކަށް އިއްތިފާގުވެވުނީ ބޮޑުވަޒީރުގެ މަގާމަށް ސުޝިލާ ގެނައުމަށެވެ. އެކަމަނާ ވެސް އެކަމަށް އެއްބަަސްވެވަޑައިގަތެވެ.

ހުކުރު ދުވަހު މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ސުޝިލާ ވިދާޅުވީ އެއީ ބޭނުންވި މަގާމެއް ނޫން ކަމަށެވެ. މަގާމާ ހަވާލުވީ ގައުމު ދޫކޮށްލަން ބޭނުންނުވާތީ ކަމަށެވެ. އަދި ރައްޔިތުންގެ އެދުމަށް އިޖާބަދީ މި ނާޒުކު ހާލަތުން ނޭޕާލް ސަލާމަތް ކުރުމަށެވެ.

ވެރިކަމުގައި ހުންނަވާނީ ހަ މަސް ދުވަހު ކަމަށާ އެ މުއްދަތުގައި އައު ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު ފަހިކޮށް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ކުޑަކުދިންގެ ކެންސަރު: ބެލެނިވެރިން ދެނެގަންނަންޖެހޭ މުހިންމު ކަންކަން
ކުޑަކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ކޮންމެ ޢާއިލާއެއްގެވެސް އެންމެ ބޮޑު އުއްމީދަކީ ދަރިންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމެވެ. ނަމަވެސް، ހީވެސް ނުކުރާ ފަދަ ބޮޑެތި ބަލިތައް ކުޑަކުދިންނަށް ކުރިމަތިވުމަކީ މުޅި ޢާއިލާގެ ދިރިއުޅުން ބަދަލުކޮށްލާ ކަމެކެވެ. މީގެ ތެރެއިން އެންމެ ބިރުވެރި އެއް ބައްޔަކީ ކެންސަރެވެ.
17 Sep 2026
ލޯނު ޚަލާޞްކުރިޔަސް ޒަރޫރީ މުދަލަށް ދައްޗެއް ނެތް
އިންޑިއާގެ ސްޓޭޓް ބޭންކުން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީ މިއަދު އެއްކޮށް ޚަލާޞްކޮށް، ތެލާއި ކާޑާއި ބޭހަށް ބޭރު ފައިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ދީފިއެވެ.
17 Sep 2026
ޕީއެންސީ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދޭން ފާސްކޮށްފި
ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
17 Sep 2026
ޗައިނާގެ އެންމެ ބޮޑެތި ބްރޭންޑްތަކުގެ ނަމުގައި "އަލީ" ހިމެނެނީ ކީއްވެ؟
1999 ވަނަ އަހަރު ޖެކް މާ (މާ ޔޫން) އެނާގެ 17 ރައްޓެހިންނާ އެކު ޗައިނާގެ ހެންޒޯގައި ހުރި އެޕާޓްމެންޓެއްގައި އަލީބާބާ ޑޮޓް ކޮމް އުފެއްދެވީ ވިޔަފާރިތައް ގުޅުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ނަން ނެގީ ޢަރަބި ފޯކްލޯ ވާހަކަ "ހާސް އެއް ރެއެއްގެ ވާހަކަ" ގައި ހިމެނޭ ޢަލީ ބާބާ ކެރެކްޓަރުންނެވެ. އެ ވާހަކައިގައި ޢަލީ ބާބާ އަކީ ފަޤީރު ދަރު ކެނޑުންތެރިއެއް ކަމަށާއި ވަގުންގެ ހޮހޮޅައެއްގެ ސިއްރު ހޯދައި "ހުޅުވާ ސިމްސިމް" މި ޖާދޫ ޢިބާރާތުން އެ ހޮހޮޅައަށް ވަންނަ ވާހަކައެވެ.
17 Sep 2026
ކުރީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައ
ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން އެއްކޮށް ދައްކައި ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުރިއަށް މިއޮތީ "މަގޭ ބިޓުގެ ވެޑިން" ގެ ވަދާޢީ ތިން ޝޯ
ކުރިއަށް އޮތީ ހަފްތާ ބަންދުކަމުން ބާރުބޮޑުވާނެތީ ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 9911229 ނަންބަރަށް ވައިބަރ ކުރުމުން ޓިކެޓް ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ
17 Sep 2026
ފުވައްމުލަކަށް ޑައިވިންގ އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ
އެ ޓޫރިސްޓު ހެނދުނު 9:02 ގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. އެ މީހާ ޑައިވިންއަށް ފޭބީ ހެނދުނު އަށެއް ޖެހި ހާއިރު ކަމަށް އެނގިފައިވެއެވެ.