N/A
N/A
ހަބަރު 11 Jun 2019 | 03:21

ސްޕެއިން މޮޅުވެ ފަރަގު ބޮޑުކޮށްފި

ޔޫރޯ ކޮލިފައިންގައި ސްވިޑިންގެ މައްޗަށް ކުރި ހޯދައި ސްޕެއިންއައި އެހެން ޓީމްތަކައި ދެމެދު އޮތް ފަރަގު ބޮޑު ކޮށްފިއެވެ. ރޭ ކުޅުނު މެޗް ސްޕެއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ޖުމްލަ ގޮތެއްގައި މުޅި މެޗް ސްޕެއިން ކޮންޓްރޯލްކުރި މަންޒަރު ފެނިގެން ދިޔައިރު ގިނަ ހަމަލާތައް އުފައްދާފައިވަނީވެސް އެޓީމުންނެވެ. އެއާ ހިލާފަށް ސްވިޑިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ދިފާއީ ކުޅުމެކެވެ.

ފުރަތަމަ ހާފުގެ ކުޅުން އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމިގެން ދިޔައިރު މެޗުގައި ފެނުނު ފުރަތަމަ ގޯލް ސްޕެއިންއަށް ކާމިޔާބުކޮށްދިނީ 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށް ސްޕެއިންގެ ދެވަނަ ގޯލްވެސް ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މޮރާޓާ މި ޕެނަލްޓީ ގޯލަށް ވައްދާލިއިރު އޭގެ ކުޑަ އިރުކޮޅެއް ފަހުން ތިންވަނަ ގޯލް ޖަހައިދިނީ ސްޕެއިންގެ ސޮސިއެދާދްއަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް އޮޔާރްޒަބަލްއެވެ.

މި މެޗުން ކަށަވަރުކުރި ތިން ޕޮއިންޓާއެކު ސްޕެއިން އޮތް ގުރޫޕުގެ އެއްވަނަ އެޓީމަށް ލިބެނީ 12 ޕޮއިންޓާއެކީއެވެ. ސްޕެއިންއައި ޖެހިގެން ގުރޫޕް އެފްގެ ދެވަނަ ސްވިޑިންއަށް ލިބެނީ ހަތް ޕޮއިންޓާއެކީއެވެ. ވާދަވެރިކޮށްފެންނަ މި ގުރޫޕުގެ ތިންވަނައިގަ ރޫމޭނީއާވެސް އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ.

ޔޫރޯ ކޮލިފައިންގައި ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު ޑެންމާކްވަނީ 5-1 ގެ ބޮޑު ތަފާތަކުން ޖޯޖިއާ ބަލިކޮށްފައެވެ. ޖިލްބާޓާގެ މައްޗަށް 2-0 ކުން އަޔަލެންޑް ކުރި ހޯދިއިރު ޕޮލެންޑްވަނީ 4-0 ކުން އިސްރާއީލް ބަލިކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި
26 Oct 2026 ހަބަރު

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި

މަރްޔަމް މޫސާ މަރުވި މައްސަލައިގައި ނައުސާން ޝަރީޢަތުގައި އިޢުތިރާފުވެފައިވާތީ، ކޯޓުން ވަނީ ތިން އަހަރުގެ ޖަލު އަދަބެއް ކަނޑައަޅާފައެވެ. ނަމަވެސް، ތަޙުޤީޤަށާއި ޝަރީޢަތަށް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޛުކުރަން ޖެހެނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ.

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި
26 Oct 2026 ހަބަރު

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް )20އ( އާއި، އެމްޑީ މިޒަންނޫރު ރަހްމާން )41އ( އާއި، މިރްޒާ އަލް އަމީން )30އ(  އަދި އެމްޑީ އަރްމާން އަލީ )21އ( އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. 

ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
26 Oct 2026 ހަބަރު

ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ވިލުފުށީގައި ދޫކުރުމަށް ހަމަޖެހިފައިވާ މި ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅި ފޯމުތައް ސައްހަކަން ކަށަވަރުކޮށްފައިވަނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅެނު މީހެއް ހައްޔަރުކޮށްފި؛ ޑްރަގް ޓްރެފިކިންގ ގެ ތުހުމަތު
26 Oct 2026 ހަބަރު

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅެނު މީހެއް ހައްޔަރުކޮށްފި؛ ޑްރަގް ޓްރެފިކިންގ ގެ ތުހުމަތު

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަޒާރުމާގެ / ވ. ފުލިދޫ، އަޙްމަދު ނަޞީރު )62އ( އެވެ.

ކާރެއްގައި ސައިކަލެއްޖެހި ކޮންޓްރޯލުންނެއްޓިގެންގޮސް އިތުރު ކާރެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓްއެއް
26 Oct 2026 ހަބަރު

ކާރެއްގައި ސައިކަލެއްޖެހި ކޮންޓްރޯލުންނެއްޓިގެންގޮސް އިތުރު ކާރެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓްއެއް

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މަޖީދީމަގުން އައިސް ބޮޑުތަކުރުފާނު މަގަށް ނުކުތް ކާރެއްގައި ސައިކަލެއް ޖެހިގެން ކަމަށާ، އެއަށްފަހު، ކޮންޓްރޯލް ނުވެ ގޮސް ސައިކަލުވަނީ ބޮޑުތަކުރުފާނު މަގުން ދުއްވާފައި އައި އިތުރު ކާރެއްގައި ޖެހިފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހޯމް ސްކޫލިން ތަޢާރަފް ކުރުމަށް ގާނޫނަށް ބަދަލު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި
26 Oct 2026 ހަބަރު

ހޯމް ސްކޫލިން ތަޢާރަފް ކުރުމަށް ގާނޫނަށް ބަދަލު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ފުނަދޫގެ ބޮޑު އަލިފާނުގެ ހާދިސާ: ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް
26 Oct 2026 ހަބަރު

ފުނަދޫގެ ބޮޑު އަލިފާނުގެ ހާދިސާ: ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި އިއްޔެ ހެނދުނު ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ހާދިސާ ތަހުގީގު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ޓީމެއް މިއަދު ހެދުނު ފުނަދޫއަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.