ރޫމް ބޯއީންނަށް ފާޑުކީ މެންބަރު ސަލީމް ޕީޕީއެމްގެ ޕީޖީ ލީޑަރުކަމަށް

11 Jun 2019 | 20:25

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ފަރާތުން 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހަމަޖައްސައިފިއެވެ.

މި މަގާމަށް ރެޑްވޭވް ސަލީމް ހަމަޖެއްސީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުން، ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ސަލީމް މި މަގާމަށް ހަމަޖެއްސިކަން އެޕާޓީގެ ނައިބު ލީޑަރ އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް ވަނީ ކަށަަވަރުކޮށްދެއްވާފައެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ރެޑްވޭވް ސަލީމް ވަނީ ރޫމްބޯއީން ފަދަ ފަރާތްތަކަށް މަޖިލީހުގެ މެންބަރުކަން ނުކުރެވޭނެކަމަށް ބުނެ، ގިނަބަޔެއްގެ ފާޑުކިޔުން ހޯދާފައެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕަށް އަދި ނައިބު ލީޑަރުން އައްޔަންކޮށްފައެއް ނުވެއެވެ.

މިމަޖިލީހުގައި އެ ޕާޓީގެ ތިބެނީ ފަސް މެންބަރުންނެވެ.

Advertisement

ކޮމެންޓް