ޣައްޒާގެ ރައްޔިތުން ރައްކާތެރި ސަރަހައްދުތަަކަށް ބަދަލުވަނީ.. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
20 Sep 2025 | 09:19
މިދިޔަ ދެ އަހަރުތެރޭ ނުދޭހާ ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް ދޭން ފަށައިފި

އިސްރާއީލްގެ އިސްތިއުމާރީ ސިފައިން މިދިޔަ ދެ އަހަރުތެރޭ ނުދޭހާ ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް ދޭން ފަށައިފިއެވެ.

އަލްޖަޒީރާއިން މިއަދު ބުނީ އިސްރާއީލް ސިފައިން މިދިޔަ ހުކުރުދުވަހު ޣައްޒާ ސިޓީއަށް ދިން ހަމަލާތަކަކީ މި ވޭތުވެދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ދިން އެންމެ ވަރުގަދަ ހަމަލާތައްކަމަށެވެ. އިސްރާއީލުން ވަނީ ޣައްޒާ ހިފުމުގެ އެންމެ ފަހުގެ އޮޕަރޭޝަން ކުރިއަށްދާަކަމަށް ބުނެފައެވެ. އެގޮތުން އިސްރާއީލް ސިފައިންގެ ގިނަ އަދަދެއްގެ ފްލީޓްތައް މިހާރުވެސް ދަނީ ޣައްޒާސިޓީގެ ތެރެއަށް ވަންނަމުންނެވެ.

އިސްރާއީލްގެ އިސްތިއުމާރީ ސިފައިން ޣައްޒާއަށް ވަދެ ހަމަލާތައް ދެމުންދާތީވެ، އެ ސިޓީގެ ބައެއް ރައްޔިތުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ހިޖުރަކުރަމުންނެވެ. އިސްރާއީލުން މިހާރު ހިންގަމުންގެންދާ ޖަރީމާތަކުގައި އާއްމު ރައްޔިތުންގެ ބިމާ ހަމަ ނުވެ ހުރި ގެތައް ދަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލާ ބިމާ ހަމަކުރަމުންނެވެ. އިއްޔެ ދޭންފެށި ހަމަލާތަކުގައި އެކަނިވެސް ޣައްޒާސިޓީގެ 43 މީހަކު ވަނީ ޝަހީދުވެފައެވެ.

އިސްރާއީލް ސިފައިން 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ޣައްޒާއަށް ދޭންފެށި ހަމަލާތަކުގައި މިހާތަނަށް 65 ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 400 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގޮސްފައިވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުންނެވެ. މީގެ ތެރޭގައި 147 ކުޑަކުދިން ހިމެނެއވެެ.

އިސްރާއީލުން ޣައްޒާސިޓީ ބަންދުކޮށް އެ ސިޓީގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމައުއިން ވަނީ ޔަހޫދީ ސިފައިންގެ އެ އަމަލުތައް ހުއްޓާލައި އެ ސިޓީން ފޭބުމަށް ގޮވާލާފައެވެ. ނަމަވެސް އިސްރާއީލުން ބުނަމުންދަނީ ޣައްޒާ މުޅިން ހުސްކޮށްފައި ނޫނީ ދެން ނުފައިބާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް