Advertisement

އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން: މެންބަރު ވަހީދު

11 Jun 2019 | 17:14

އިންސާފު ނުލިބުމަކީ އިންސާފު ލަސްވުންކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ވަހީދު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަށް ބަހުސްކުރައްވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ އަޑުއިވެމުންދާ ވާހަކައަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީގެ މަރާއި ގުޅިގެން އެތައް މަރެއް ހިނގައިގެންގޮސްފައިވާ ކަމަށެވެ. 

"ސާޅީހަކަށް މީހުން މިދިޔަ ކުރު މުއްދަތުގެ ތެރޭގައި ގަތުލުކޮށް އެއްލާލެވިއްޖެ. އިއްޒަތްތެރި ރައީސް، ދަރިޔަކު ވިހާ ދަރިޔަކާއި ދޭތެރޭ އެތައް އުންމީދެއްކޮށް އެތައް ގުރުބާނީއެއްކޮށް ކޮންމެ ސިކުންތަކު ކޮންމެ މިނެޓަކު އަޅާލުން ދީގެން ބޮޑުކޮށް، ފަގީރު ނިކަމެތި އާއިލާގެ ކުދިން އަމިއްލަ މަސައްކަތުން ކިޔަވާ، ދުނިޔޭގެ ފެންވަރަށް ކިޔަވާ މުޅި ގައުމު ފަޚުރުވެެރިވާފަދަ މީހަކަށް ވެެގެން އައިސް، އެއްރޭގެ ދަންވަރު ހަމަ ކުއްލިއަކަށް ބައެއްގެ އަނިޔާާވެރިކަމުގެ ޝިކާރަކަށްވެ މަރާލެވުނު" ވަހީދު ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މުޅި ގައުމު ފަހުރުވެރިވާފަދަ ނިކަމެތި އާއިލާތަކުން އަންނަ ކުދިން ވީނުވީއެއް ނޭނގި ގެއްލުމާއި، އަމިއްލަ ގެއަށް މައިންބަފައިން ދެކެން ވަދެވަދެ ހުއްޓާ ސާޅީސް ފަހަރު ވަޅި ޖަހައިގެން ގަތުލުކޮށްލުމަކީ ފަރުޖައްސާލައިގެން ތިބެވޭނެ ކަންކަމެއް ނޫންކަމަށެވެ.

ވަހީދު ފާހަގަކުރެއްވި ގޮތުގައި އެ ހިތާމައިގައި އެތައް އާއިލާއެއްގެ ހިތްވަނީ ފާރުވެފައެވެ 

Advertisement

ކޮމެންޓް

Advertisement