އޭސް ޓްރެވަލްސްގެ ވެރިޔާ މުޙައްމަދު ފިރާޤް -- ފޮޓޯ: ފިރާޤް އެފްބީ
ހަބަރު
22 Sep 2025 | 10:22
ރިސޯޓުތަކުގައި ވެސް އޭޓީއެމްތައް ބަހައްޓަންވީ، އެއީ ނިޒާމަށް ކުރާ އިތުބާރު ބޮޑުވާނެ ކަމެއް: ފިރާގު

ގިނަ ރަށްތަކުގައި އޭޓީއެމްތައް ބެހެއްޓުމަކީ މައްސަލައެއްގެ ގޮތުގައި ބަލަން ނުޖެހޭނެ ކަމަށާއި، ރިސޯޓުތަކުގައި ވެސް އޭޓީއެމްތައް ބެހެއްޓޭނަމަ ބެހެއްޓުން ރަނގަޅުކަމަށް ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީކަމުގައިވާ އޭސް ޓްރެވަލްސްގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުޙައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ، ގިނަ ރަށްތަކުގައި އޭޓީއެމްތައް ބެހެއްޓުމަކީ މައްސަލައެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެކަމުން ބޭންކަށް އަދި އިގްތިސާދަށް ގިނަ ފައިދާތަކެއް ލިބޭނެކަން އެނގުމަކީ މުހިންމުކަމެއް ކަމަށެވެ.

އަދި އެކަމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ލުއިފަސޭހަކަން ލިބި،  ފަސޭހަކަމާއެކު ސީދާ ބޭންކިން ނިޒާމުން ފައިސާ ނެގޭނެ ކަމަށް ފިރާގު ވިދާޅުވިއެވެ.

 ދަތުރުކުރާ ފަތުރުވެރިންގެ ދަތުރުތައް އެއްވަރަކަށް ކުރިއަށްދާއިރު، އެކްސެސިބަލް އޭޓީއެމްތައް ހުރުމުން ފަސޭހަކަމާއެކު ސީދާ ބޭންކިން ނިޒާމުން ފައިސާ ނެގޭނެ އެވެ. މިއީ ފަތުރުވެރިންނަށް އިތުރުވާ ހޭދަތަށް ކުރުމަށް ފަސޭހަކަން އިތުރުކޮށްދިނުމުގެ އިތުރުން ބޭންކުއަށް އިތުރު ޔޫއެސްޑީ އިންފްލޯތައް ލިބި މެނޭޖްކުރެވޭނެ ކަމެއް ވެސް މެއެވެ.

އޭސް ޓްރެވަލްސްގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުޙައްމަދު ފިރާޤް

ފިރާގު ވިދާޅުވި ގޮތުގައި، މިހާރު ގިނަ ގެސްޓްހައުސްތަކާއި ހޮޓަލްތަކުގައި މަޑުކުރާ ފަތުރުވެރިން ފައިސާ މާރުކުރަނީ ހޮޓަލުގެ ޕީއޯއެސް ސިސްޓަމު މެދުވެރިކޮށެވެ. އެހެން ނަމަވެސް އޭޓީއެމްތަކުގެ ޚިދުމަތްތައް ފުޅާކުރުމަކީ ބޭރު ފައިސާގެ މުޢާމަލާތްތައް ވެސް ބޭންކުތަކަށް މޮނީޓާކުރެވޭނެ ފައިދާހުރި ގޮތެއް ކަމަށާއި، ފަހަށްބަލާއިރު އެކަމުގެ ސަބަބުން ބޭންކިން ނިޒާމުގެ ތެރޭގައި ބޭރު ފައިސާ ދައުުރުވުން އިތުުރުކޮށްދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފިރާގު ވިދާޅުވެފައިވެއެވެ.

މިއީ އާޚިރުގައި ހާމަކަން ބޮޑުވެ، ބޭންކިންގ ނެޓްވޯކްގެ ތެރޭގައި ބޭރު ފައިސާ ދައުރުވުން އިތުރުކޮށްދޭ ކަމެކެވެ.މީގެ އިތުރުން އޭޓީއެމްތަކުގެ ސަބަބުން ނުރަސްމީ ކޭޝް ޗެނަލްތަކަށް ބަރޯސާވުން މަދުވެ، ނިޒާމަށް އިތުރު އިތުބާރު އުފެދި، ބޭންކިން ދާއިރާއަށާއި ލޯކަލް ވިޔަފާރިތަކަށް ވެސް ދިގު މުއްދަތުގެ ފައިދާތަކެއް ލިބިގެންދެ އެވެ. ފަތުރުވެރިންނަށް އެއީ އެމީހުންގެ ފައިސާ ރައްކާތެރިކަމާއެކު ލިބޭނެކަން އެނގި އިތުބާރު އިތުރުކޮށްދޭ ކަމެއް ކަމެކެވެ ، ބޭންކަށް ބޭރު ފައިސާގެ ހިފެހެއްޓުމެއް ބިނާކޮށްދޭ ކަމެކެވެ.

އޭސް ޓްރެވަލްސްގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުޙައްމަދު ފިރާޤް

ފިރާގު ވިދާޅުވީ އޭޓީއެމްތައް ބެހެއްޓުމަކީ މުސްތަގުބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓަކަށްވާއިރު، ރިސޯޓުތަކުގައި ވެސް އޭޓީއެމްތައް ބެހެއްޓޭނެ ނަމަ ބެހެއްޓުމަކީ ރަނގަޅުކަމެއް ކަމުގައި ފިރާގު ޤަބޫލުފުޅު ކުރައްވައެވެ.

މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކި ހިސާބުތަކުގައި އޭޓީއެމް ބެހެއްޓުމަކީ ހަމައެކަނި އަމަލީ ފިޔަވަޅެއް ނޫން މުސްތަގުބަލަށް ސްޓްރެޓެޖިކް އިންވެސްޓްމަންޓެއް ކަމަށް ވެސް ދެކެމެވެ. ރިސޯޓުތަކުގަވެސް ބެހެްްޓޭނަމަ ބަހައްޓަންވެސް ވީއެވެ.  

އޭސް ޓްރެވަލްސްގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުޙައްމަދު ފިރާޤް

ފިރާގު އެފަދައިން ވިދާޅުވިއިރު، ރާއްޖޭގެ ރަށްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ދަތުރުފުޅުތަކަކީ "ހަމައެކަނި އޭޓީއެމްތައް ހުޅުއްވަން" ކުރައްވާ ދަތުރުފުޅުތަކެއް ކަމުގައި ބުނެ އިދިކޮޅުން އަންނަނީ ރައީސްއަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ. 

ކޮމެންޓް
ްއެހެނަސް
ނިމިދިޔަ ސަރުކާރުން ރައްރަށައް ދިޔައިރު އެއްވެސް ކަމެއް ނުކޮއްދީ ސޮއެ އެކަނިކުރީ އަދި މަސްރޫއުތައް ފެށުނީ ނިމެން 1 އަހަރައް ވެފައޮއްވަ އެހުރިހާ މަޝްރޫއެއް އެނިންމަނީ މިސަރުކާރުން
22 Sep 2025
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.