އަދީބު ރާއްޖެއިން ބޭރަށް ފޮނުވަނީ ރާއްޖެއިން ލިބެންނެތް ފަރުވާ ހޯދަން ތަކުރާާރުކޮށް ލަފާދީފައިވާތީ: ހޯމް މިނިސްޓްރީ

12 Jun 2019 | 11:46

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ފޮނުވަނީ ރާއްޖެއިން ފަރުވާ ހޯދެން ނެތުމުންކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމަށް ތައްޔާރުވަމުންދާތީ، އެކަމަށް ގިނަބަޔަކު ފާޑުކިޔަމުންދިޔަ ދަނޑިވަޅެއްގައި ނެރުނު ބަޔާނެއްގައެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ އަދީބު ރާއްޖޭން ބޭރަށް ދާން ސަރުކާރުން ހުއްދަ ދިނީ ރާއްޖޭން ލިބެންނެތް ފަރުވާއެއް ހޯދުމަށް ސަރުކާރުން ތަކުރާރުކޮށް ލަފާދީފައިވާތީ ކަމަށެވެ.

އަދި އެގޮތަށް ނިންމީ ރާއްޖޭން ބޭރުގެ ކަމާ ބެހޭ މާހިރުން ގެނެސްގެން ކުރެވުނު މަސައްކަތުން ވެސް އިތުރު ގޮތެއް ނުފެނިގެން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

އަދީބު ރާާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ނިންމުމާ ގުޅިގެން ސަލާމަތީ ގޮތުން ހަމަޖައްސަން ޖެހޭ އެންމެހާ ކަންކަން ސަރުކާރުން ވަނީ ހަމަޖައްސާފައިކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އެގޮތުން އަދީބާއި އެކު ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރަކު ދާނެެއެވެ.

ހޯމް މިނިސްޓްރީން އިތުރަށް ބުނީ އަދީބުގެ ސިއްހީ ހާލަތު ހުރިގޮތުން ކަށަވަރުކޮށްދޭން ޖެހޭ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ޓަކައި ރާއްޖޭން ބޭރަށް ފޮނުވި ނަމަވެސް އަދުލު އިންސާފަށް ހުރަސް ނެޅޭނެ ކަމަށެވެ.

Advertisement

ކޮމެންޓް