12 Jun 2019 | 13:53
އައްޑޫގެ އާ ހޮސްޕިޓަލްގެ ނަމާއި މެދު ސަރުކާރުން ގޮތެއް ނިންމާނީ ކައުންސިލުން ފާސްކުރުމުން: ތަރުޖަމާނު

އައްޑޫ ސިޓީގެ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި އަަޅަމުންދާ އާ ހޮސްޕިޓަލަށް ކިޔާނެ ނަމަކާއި މެދު ސަރުކާރުން ގޮތެއް ނިންމާނީ އައްޑޫ ސިޓީ ކައުންސިލުން ގޮތެއް ނިންމުމުންކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޫދު ވިދާޅުވީ، އެ ހޮސްޕިޓަލަކަށް ކިޔާނެ ނަމަކާއި މެދު ސަރުކާރުން ގޮތެއް ނިންމާނީ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އެ ނަން ފާސްކުރުމުން ކަމަށެވެ. 

އައްޑޫ ސިޓީ ކައުންސިލުން އާ ހޮސްޕިޓަލަށް ކިޔާނެ ނަންތަކުގެ ތެރޭގައި ސުވާދީބް ހޮސްޕިޓަލް އިނުމުން ގިނަބަޔަކު ވަނީ އެއީ އިސްތިގްލާލާއި ގުޅުންހުރި ކަމެއް ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އައްޑޫ އިސްވެ އޮވެ، މީގެ ކުރިން އުފެއްދި ތިން އަތޮޅުގެ ވަކި ދައުލަތަށް ސުވާދީބް ވަނީ ކިޔާފައެވެ.

ހޫދު އިތުރަށް ވިދާޅުވީ ސުވައިދީބަކީ ހުވަދޫ އަތޮޅުން ފެށިގެން އައްޑޫއަށް އިނގިރޭސިން ޖިއޮގްރެފިކަލީ ކިޔައި އުޅުނު ނަމަކަށްވާތީ އެކަމާއި މެދު މާބޮޑު މައްސަލައެއް އޮތްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެ ނަން ފާސްވެއްޖެނަމަ އެއީ އިސްތިގްލާލަށް ބުރޫ އަރާފަދަ ކަމެއްތޯ ބަލާނެކަމަށް ހޫދު ވަނީ ވިދާޅުވެފައެވެ.

އައްޑޫގެ އާ ހޮސްޕިޓަލަށް ކިޔާނެ ނަމެއް ހޯދުމަށް ސިޓީ ކައުންސިލުން ވަނީ ޓްވިޓަރ ޕޯލްއަކަށް ހުުޅުވާލާފައެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.