ބާޒާރުގައި ވިއްކަން ހުރި ކެބެޖް އަދި ކަރާތަކެއް.. ފޮޓޯ: ވޮއިސް
ހަބަރު
24 Sep 2025 | 15:25
ކުރިން 85 ރުފިޔާއަށް ވިއްކި ކެބެޖް ކިލޯއެއްގެ އަގު 18 ރުފިޔާއަށް ދަށަށް ހިނގައްޖެ

މާލޭ ބާޒާރުގައި ތަރުކާރީގެ އަގުތައް ވަރަށްބޮޑަށް ދަށަށް ހިނގައްޖެއެވެ.

ބާޒާރުމަތީ ފިހާރަތަކުގައި މިއަދު ތަރުކާރީ ވިއްކަންހުރި ތަންތަނަށް ބަލާއިރު، އެންމެބޮޑަށް އަގުތައް ހެޔޮވިކަމަށް ފާހަގަކުރެވިފައިވަނީ، ކެބެޖް، ކެރެޓް އަދި ފިޔާގެ އަގެވެ. ބާޒާރުމަތީ ފިހާރަތަކުން މީގެ ކުރިން ކެބެޖް ކިލޯއެއް 85 ރުފިޔާއަށް ވިއްކިއިރު، މިއަދު ކެބެޖް ކިލޯއެއްގެ އަގު ވަނީ 18 ރުފިޔާއަށް ތިރިވެފައެވެ.

މީގެ އިތުރުން ކެރެޓް ކިލޯއެއް 18 ރުފިޔާއަށް ހުރިއިރު، މީގެ ކުރިން ކެރެޓް ކިލޯއެއްގެ އަގު ހުރީ 35 ރުފިޔާގައެވެ. ލުބޯ ކިލޯއެއްގެ އަގު މިހާރު 25 ރުފިޔާގައި ހުރިއިރު، މީގެ ކުރިން ލުބޯ ކިލޯއެއްގެ އަގު އާއްމުކޮށް ހުރީ 30 ރުފިޔާއިން މަތީގައެވެ.

މީގެ ކުރިން ބާޒާރުގައި ވިއްކަންހުރި ކެބެޖްތަކެއް.... ފޮޓޯ: ވޮއިސް

ބާޒާރުގައި ވިއްކަންހުރި ކެރެޓް އަދި ލުނބޯތަކެއް.... ފޮޓޯ: ވޮއިސް

ތަރުކާރީގެ އިތުރުން މިފަހުން ރެކޯޑް މިންވަރަކަށް އަގުތައް އަރައިގެންދިޔަ އާފަލާއި، އޮރެންޖުގެ އަގުތައް މިހާރުވަނީ ވަރަށްބޮޑަށް ތިރިވެފައެވެ. އެގޮތުން ކުރިން 12 ރުފިޔާއަށް ވިއްކި އޮރެންޖު ކިލޯއެއްގެ އަގު 5 ރުފިޔާގައި މިހާރު ހުރިއިރު، ކުރިން ހަމަ އެއަގުގައި ހުރި އާފަލެއްގެ އަގު ވަނީ 6 ރުފިޔާއަށް ވެއްޓިފައެވެ. އަދި އެންމެ އަގުބޮޑުކޮށް ވިއްކާ ބާވަތުގެ އާފަލުވެސް މިހާރު 7 ރުފިޔާއަށް ލިބެންހުރިކަން ފާހަގަކޮށްލެވެއެވެ.

ހުޅުމާލޭ ސުޕަމާޓެއްގައި ވިއްކަންހުރި އާފަލްތަކެއް.... ފޮޓޯ: ވޮއިސް

ބާޒާރުގައި ދިވެހިން އާއްމުކޮށް ބޭނުންކޮށް އުޅޭ ތަރުކާރީއާއި މޭވާގެ އަގު އުފުލެން ފެށުމާއެކު ސަރުކާރުން ވަނީ އެސްޓީއޯ މެދުވެރިކޮށް އާއްމުކޮށް ބޭނުންކުރާ އެ ބާވަތްތައް އެތެރެކޮށް ވިއްކުމަށް ނިންމާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހިން އާއްމުކޮށް ބޭނުންކުރާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ އަގުތައް މީގެ ފަހުން ބާޒާރުގައި ބޮޑުވިޔަނުދޭނޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ބާޒާރުގައި އެ ތަކެތީގެ އަގުތައް ވިޔަފާރިވެރިންނަށް ބޮޑުކުރުމުގެ ފުރުސަތު ނުދެއްވާނޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.