ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޮމަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ވޮއިސް ފޮޓޯ: އިބްރާހިމް ނިއުމަތުﷲ
25 Sep 2025 | 11:10
ރައީސް ދެއްވީ އޮމަދޫގެ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ނިންމާނެ ކަމުގެ ޔަގީންކަން

ތ. އޮމަދޫގައި ސަރުކާރުން ފަށާފައިވާ އަދި ފަށަން ނިންމާފައިވާ މަޝްރޫއުތަކުގެ މަސައްކަތްތައް ނުހުއްޓި އަދި މިހާރު ހުއްޓިފައިވާ މަޝްރޫޢުތަކަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަތޮޅުތެރޭގެ ހަތަރު ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. އޮމަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އޮމަދޫގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން މިހާރު ހުއްޓިފައިވާ މަޝްރޫއުތަކުގެ އަދާހަމަ ރައީސް ވަނީ ދެއްވާފައެވެ.

އެގޮތުން އެރަަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް އިޝާރަތްކުރައްވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ މަސައްކަތްކުރާ ކޮންޓެރްކްޓަރަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މިދިޔަ ދުވަސްތަކުގެ ތެރޭގައި ދީފައިވާ ކަމަށާއި، މިހާރު އެ މަޝްރޫއު ހުއްޓިފައި އޮންނަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.

އަދި އެމަނިކުފާނު މާލެ ވަޑައިގަތުމަށްފަހު އެ ރަށުގެ ނަރުދަމާގެ މަސައްކަތުގެ ކޮންޓްރެކްޓަރުންނާއި ވުޒާރާއިން ބައްދަލުކޮށް އެ މަސައްކަތް އަވަސްކުރުމަށް ބާރުއަޅައި، އެކަން ނުކުރާނަމަ އެހެން ކުންފުންޏަކާ ހަވާލުކޮށްގެން ނަމަވެސް އެ މަސައްކަތް ހަލުވި ގޮތެއްގައި ކުރިޔަށްގެންގޮސް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިރަށުގެ ތަރައްގީއަށް ހުރި މަޝްރޫއުތަކުގައި އަވަސްމިނުގައި އެކަންކަން ކޮށްދިނުމަކީ ސަރުކާރުގެ އެކަމުގެ މަސްއޫލިއްޔަތު. އެންމެ ބޮޑުވެފައިވާ މައްސަލަ ޙައްލުކުރުމުގައި ވަރަށް ލަސްވެގެން ހިނގައްޖެ. ފެނާއި ނަރުދަަމާ މަޝްރޫއުއަކީ އަޅުގަނޑު ކުރިއިރުވެސް ހަމަ އެ ހިސާބުގައި އޮތް މައްސަލައެއް. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެ ރަށުގެ ކައުންސިލުގެ ފަރާތުން ވެސް އެންމެ ބޮޑަށް ލިބޭ ޝަކުވާއަކީ އަދި ޢާންމުންނަށް އެންމެ ދަތިވާކަމަކީ ފެނާއި ނަރުދަމާގެ މަޝްރޫއު ނުނިމި އޮތުންކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މަޝްރޫއަށް ނުހަނު އިސްކަންދެއްވައި، އެކަން ވީހާ ވެސް އަވަހަކަށް ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

އަޅުގަނޑަށް އެނގޭ ވަރަށް ވަރަށް ދަތިވާ މައްސަލައެއްކަން. ހަމަ އެންމެ، އެންމެ ގިނަ މީހުންނަށް އެންމެ ބޮޑަށް ދަތިވާ މައްސަލަ މިއީ. އެހެންވީމާ އެކަން އަދިވެސް އެކުންފުނި މެދުވެރިކޮށް ކުރުމަކީ މީގައި އަޅުގަނޑުމެން އިސްކަން މިދޭ ގޮތް. ޕެންޑިން އެއްވެސް ބިލެއް ނެތް. ސަރުކާރުން ފެސިލިޓޭޓްކޮށްދޭންޖެހޭ ކަމެއް ވެސް ނެތް. ހުރިހާކަމެއް އެ އޮތީ ހަމަޖައްސައިދީފައި. އެހެންވީމާ އަޅުގަނޑުމެން އިތުރަށް އަދިވެސް އެ ބޭފުޅުންނާއި ވާހަކަ ދައްކާނަން. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއަކީ ފެނާއި ނަރުދަމާގެ މަޝްރޫއުކަމުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އެ މަސައްކަތަށް ކަމަށެވެ. އަދި އެކަން ވަރަށް ގާތުން ބަލައި، އެކަން ޙައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، އެ ރަށުގައ ކައުންސިލުން އެދުނު ބައެއް ކަންކަމަށް ވެސް އަލިއަޅުއްވާފައެވެ. އެގޮތުން އެރަށުގެ ހުޅަނގު ފަރާތުން ނެރެއް ކަނޑައިދިނުމަށް ކައުންސިލުން އެދިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކަމުގެ ދިރާސާތަކެއް ހެދުމަށްފަހު އެކަން ކޮށްދެއްވާނެކަން ފާހަގަކުރައްވާފައެވެ.

އަދި އެރަށުގެ ތަރައްގީގެ އިތުރު މަޝްރޫއުތައް ކަމުގައިވާ ސިއްޚީ މަރުކަޒާއި ސްކޫލަށް އިތުރުކުރެވޭ ބައިގެ މަސައްކަތާއި، ސިއްޚީ މަރުކަޒަށް ހޯދާ އެމްބިއުލާންސްގެ އިތުރުން އެ ރަށުގެ ދަނޑުގެ ޕިޗު ބަދަލުކުރުމުގެ މަސައްކަތް ވެސް ބަޖެޓުގެ ތެރެއިން ކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ