ފްލޮޓީލާގެ ބައެއް ޔޮޓްތައް... ފޮޓޯ: ރޮއިޓާސް
ދުނިޔެ
25 Sep 2025 | 19:33
ސުމޫދު ފްލޮޓީލާ އުޅަނދުތަކަށް ހަމަލާދޭތީ، އިޓަލީ އަދި ސްޕެއިންގެ މަނަވަރުތައް އެ ސަރަހައްދަށް

ސުމޫދު ފްލޮޓީލާ ޔޮޓްތަކަށް އިސްރާއީލް ސިފައިން ހަމަލާދޭތީވެ، އިޓަލީ އަދި ސްޕެއިންގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް އެ އުޅަނދުތައް ކައިރިއަށް ގޮސްފިއެވެ.

ޣައްޒާ ހިސާރުކޮށްފައި އޮންނައޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ފްލޮޓީނާ މޫވްމަންޓްގެ ޔޮޓްތައް ޢައްޒާއާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، އިސްރާއީލް ސިފައިން ދަނީ އެކި ގޮތްގޮތުން ޔޮޓްތަކަށް އުނދަގޫކުރަމުންނެވެ. މިގޮތުނ އިސްރާއީލް ސިފައިން މީގެ ކުރިން ވަނީ ޔޮޓްތަކުގެ މުއާސަލާތީ ކަންކަމަށް ހުރަސްއަޅާފައެވެ. މީގެ އިތުރުން މި ފަހަކުން އިސްރާއީލް ސިފައިން ވަނީ ރޭގަނޑު ޑްރޯންތައް ފޮނުވައި ބައެއް ޔޮޓްތަކަށް ހަމަާދީފައެވެ. އެގޮތުން މިހާތަނަށް ޑްރޯން މެދުވެރިކޮށް 11 ހަމަލާ ދީފައިވާކަމަށް ގްލޯބަލް ސުމޫދު ފްލޮޓީލާ ޖަމާއަތުން ބުނެއެވެ.

ޖީއެސްއެފުން ވަނީ އިސްރާއީލް ސިފައިން ދްރޯން މެދުވެރިކޮށް ޔޮޓްތަކަށް ހަމަލާދޭތީވެ، އެކަން ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. މީގެ އިތުރުން ސްޕެއިން އަދި އިޓަލީ ފަދަ ޤައުމުތަކަށް ނިސްބަތްވާ ޔޮޓްތަކުގެ ބައިވެރިން ވަނީ އެ ޤައުމުތަކުގެ އަސްކަރިއްޔާގެ ސަމާލުަކަމަށް އެކަން ގެނެސްފައެވެ.

ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގައި ފްލޮޓީލާގެ ޔޮޓްތަކަށް ހަމަލާދޭތީވެ އިޓަލީ އަދި ސްޕެއިންގެ ނޭވީ އުޅަނދުތައް ޔޮޓްތައް ކައިރިއަށް ވަނީ ގޮސްފައެވެ. މިކަމާ ގުޅިގެން އިޓަލީ ސަރުކާރުން ބުނެފައިވަނީ، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގައި ޔޮޓްތަކުގެ ސަލާމަތީ ކަންކަން ބަލަމުންދާކަން ކަށަވަރުކޮށްދީފައެވެ. 

ފްލޮޓީނާ މޫވްމަންޓަކީ ޣައްޒާ މިނިވަންކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ އެކްޓިވްސްޓުންތަކެއް ހިމެނޭ ގޮތަށް ކުރިއަށްގެންދާ މޫވްމަންޓެކެވެ. މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ އުޅަނދު ބައިވެރިވެއެވެ. މި އުޅަނދުތަކުގެ އެންމެބޮޑު އެއް ބޭނުމަކީ ފަލަސްތީނަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ އެހީގެ ހަރަކާތުގައި ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް